ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚާއްޞަ ޢާންމު ޖަލްސާއާ ބެހޭ

އިޢުލާން

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްލާޙްކުރެވޭ ހިންގާ ގަވާއިދު ފާސްކުރުމަށް ބާއްވާ ޚާއްޞަ ޢާންމު ޖަލްސާ، 21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި އޮންނާނެއެވެ.

ވީމާ، ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް، ޝަރުޠުފުރިހަމަވާ މި އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށް ދަޢުވަތު އަރުވަމެވެ. ފާއިތުވި 4 އަހަރުގެ ތެރޭގައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހިންގާފައިވާ ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެފައިނުވާ ކްލަބުތަކަށާއި، ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ނަން ހުށައަޅުއްވާފައި ނުވާ ކުލަބްތަކަށް މިޖަލްސާގައި ބައިވެރި ނުވެވޭނެ ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އެޖެންޑާ

1-      ހާޒިރީ އަދި ރޯލްކޯލް – (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.)

2-      އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް އިސްލާޙު ހުށަހެޅުމާއި ފާސްކުރުން

3-      ރިޔާސަތުން ހުށައަޅާ ކަންކަން

13 ރަޖަބް 1440

20 މާރިޗު 2019
ހޯދާ