ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

         މިކައުންސިލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކެފޭ އިމާރާތް ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ.

           މިއިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދިލާސާގޭގެ އުތުރުން އަތިރިމަތީގައި އޮތް ބިމުގައެވެ. މިބިމުގައިވާ ރުއްގަހުގައި 1 ން 24 އަށް ކުކުޅު ބިސް ކުލައިގެ ދަވާދުން މިހާރުވާނީ ނަންބަރު ޖެހިފައެވެ.

           ވީމާ މިރުއްގަހުގެ ވެރިން، އެފަރާތެއްގެ ރުއްގަހުގައި މިއިދާރާއިން ޖަހާފައިވާ ނަންބަރު ފާހަގަކޮށް 26 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ފުރިހަމަ ކުރެއްވުން އެދެމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 މާރިޗު 2019
ހޯދާ