މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް، މޯލްޓާ- ސްކޮލަރޝިޕް 2019

ޤައުމު:

މޯލްޓާ

2 މާސްޓަރސް ޑިގްރީ

ކޯހުގެ އަދަދު އަދި ލެވެލް:

-      މާސްޓަރސް އޮފް ލޯސް (އެލްއެލް.އެމް) ޕްރޮގްރާމް އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ

-  މާސްޓަރސް އޮފް ހިއުމެނިޓީސް (އެމް.އެޗްޔޫއެމް) ޕްރޮގްރާމް އިން އިންޓަރނޭޝަނަލް މެރިޓައިމް ލެޖިސްލޭޝަން.      

ކޯހުގެ ދާއިރާ:

 

މާސްޓަރސް ޑިގްރީ

-          އެދިވަޑައިގަންނަވާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.  01 އޮކްޓޯބަރ 2019އަށް އުމުރުން 40 އަހަރު ފުރިފައި ނުވުން.

2. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

3.  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިމިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން.

4.  އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ކެންޑިޑޭޓެއް ކަމުގައިވެސް ނުވުން.

5. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1 1. އެޕްލިކޭޝަން ފޯމް

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ

4. ސީވީ

5. ސްކޫލް ލީވިން ސެޓުފިކެޓު/ސެޓުފިކެޓުތައް

6. ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

7. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8. މެޑިކަލް ސެޓްފިކެޓް

9. ޔުނިވަރސިޓީގެ ވެބްސައިޓްގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

10. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

11. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލު ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

12. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

 

ހުށަހަޅަންޖެހޭ ތަކެތި:

-        މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް އޮފަރ ކުރާ ފަރަތުންނެވެ.

-       މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

-       ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދިވަޑައިގަންނަވާ އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެކެންޑިޑޭޓުން އެންމެފަހުން ހާސިލުކުރެއްވި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވާފައިވާ މުއްދަތަށެވެ.

-       މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓްގެ ފަރާތުންނެވެ.

-       މި ސްކޮލަރޝިޕަށް ނޮމިނޭޓްވާ ދަރިވަރުން އެޕްލިކޭޝަން އެންޑް ޕްރޮސެސިންގ ފީގެ ގޮތުގައި 150.00(ސަތޭކަ ފަންސާސް) ޔޫޜޯގެ ބޭންކް ޑްރާފްޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި މީގެ އިތުރުން ފެލޯޝިޕް އެޕްލިކޭޝަން ފީގެ ގޮތުގައި 200.00(ދުވިސައްތަ) ޔޫރޯގެ ބޭންކް ޑްރާފްޓެއްވެސް ހުށަހަޅަންވާނެއެވެ.

-       އެންމެ ފަހުގެ ސެލެކްޝަން ހަދައި ސްކޮލަރޝިޕް ލިބިވަޑައިގަތުމުން، ފުރުއްވުމުގެކުރިން ސްކޮލަރޝިޕް ލިބިވަޑައިގެން ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ / ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސްދޭ އެހެނިހެން އޮތޯރިޓީތަކުން ޤަބޫލު ކުރާ ކޯހެއްތޯ ބައްލަވަންވާނެއެވެ.

-       ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

-       އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

-       ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

-       މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއްނުދެވޭނެއެވެ.

-       ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ.

-       ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

-       ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

-       އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

-       "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

-       އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

-       ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ކެންޑިޑޭޓުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019 މާރިޗު 24 ވާ އާދީއްތަ ދުވަހުގެ 09:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3413833 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

19 މާރިޗު 2019
ހޯދާ