މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
"ދަނޑުވެރި ނަފާ" ދަނޑުވެރިކަމަށް ޙާއްސަ ލޯނު ޕްރޮޤްރާމް

 

ދަނޑުވެރިކަމުގެ ދާއިރާގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ " ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެވޭނެ" މިވައުދުގެ ދަށުން "ދަނޑުވެރި ނަފާ" ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ލޯން ޕްރޮޤްރާމެއް މިމިނިސްޓްރީ އާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭޝަލް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެންވަނީ 18  މާރިޗް 2019 ވަނަ ދުވަހު ފަށާފައެވެ.

 

ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި އެމަސައްކަތްތަކަށް އިންވެސްޓް ކުރެވޭނެ މަގުތައް ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް ފަހިކޮށްދިނުމަކީ މިފަދަ ލޯން ޕްރޮޤްރާމެއް ފެށުމުގެ މައިގަނޑު އެއް މަޤްޞަދެވެ. މިޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރުދުންނަށް 75،000.00ރ އިން ފެށިގެން ދެމިލިއަން ރުފިޔާއާއި ހަމަޔަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައެވެއެވެ. މިލޯން ޕްރޮޤްރާމްގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަންދޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ. މީގެ ތެރޭގައިއަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، އެގްރޮފޮރަސްޓްރީ އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމު ކުރުން ފަދަ މަސައްކަތްތައް ކުރުމަށް ލޯނު ދޫކުރުން ހިމެނެއެވެ.

 

ލޯން ޕްރޮޤްރާމްގެ ފޯމް އެސް.ޑީ.އެފް.ސީ އިންނާއި މިމިނިސްޓްރީން ލިބެން ހުންނާނެއެވެ. ފޯން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސް.ޑީ.އެފް.ސީ އިންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339271 ނުވަތަ އެސް.ޑީ.އެފް.ސީ ގެ ވެބްސައިޓް www.sdfc.mv އަދި ފޯނުނަންބަރު 3306999  އަށް ގުޅުއްވުން އެދެމެވެ.

 

19 މާރިޗު 2019
ހޯދާ