އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއި، ބައެއް ތަކެތި މިދަންނަވާގޮތަށް ބަދަލުކުރުން.

މި ކޮމިޝަންގެ ނަންބަރު: A)CA-2014/56)ފ(28 ޖަނަވަރީ 2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއި، ބައެއް ތަކެތި މި ދަންނަވާގޮތަށް ބަދަލުކުރުން.

(1)  ފުރިހަމަ ނަން

(2) އުފަން ތާރީޚު

(3) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާއެކު)

(4) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް)

(5) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް)

(6) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން

(7) އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު)

(8) ކުރިމަތިލާ މީހާގެ އީމެއިލް އެޑްރެސް

(9) ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ (ކުލަ)

(10) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން

(11) އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް

(12) ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާއެކު)

(31) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/5،000 (ފަސްހާސް) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީކޮށްފައިވާ ޗެކަކުން)

(14) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ސޮއި، ހިމެނޭ ލިޔުން. (މި ލިޔުމުގައި ސޮއިކޮށްފައިވާ މީސްމީހުންނަކީ، އެ އިންތިޚާބީ ދާއިރާއަކަށް ކުރިމަތިލާ އެހެން ކެންޑިޑޭޓަކަށް ސޮއިކޮށްފައިވާ ބަޔަކުކަމުގައި ވެގެން ނުވާނެއެވެ.)

 (51) ސިޔާސީޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީގެ ޤަރާރު

(16) ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ސުންނަތް ޖަމާޢަތުގެ މީހެއްކަމުގެ އިޤްރާރު

(17) ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ބޭރުޤައުމެއްގެ ރައްޔިތެއް ނޫން ކަމުގެ އިޤްރާރު

(18) އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ އެކަން ބަޔާންކޮށް އެ މީހާ ހުށަހަޅާ އިޤްރާރު. (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ)

(19) އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރު.

(20) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ ލޯގޯ

(21)  އެމީހަކު ވޯޓުކަރުދާހުގައި ޚާއްޞަ ލޯގޯ/ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ ލޯގޯ

         (ކަޅާއި ހުދުން 2 އިންޗި xފ 2 އިންޗި ސައިޒުގައި)

(22) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ވެފައިވާކަން އަންގައިދޭ ކަމާބެހޭ ރަސްމީ ފަރާތުގެ ލިޔުން.

(23) މި އިޢުލާނުގެ 1 ވަނަ ނަންބަރުގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

(24) މިއިޢުލާންގެ 1 ވަނަ ނަންބަރުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދަރަނީގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

 (25) މި އިޢުލާނުގެ 1 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދޫކޮށްފައިވާ ފަނޑިޔާރެއް ނޫން ކަމުގެ ލިޔުން.

(26) ސީޑީ (ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒު ކުލަ ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް/ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ ލޯގޯ، ވޯޓު ކަރުދާހުގައި ނިޝާނެއް/ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ ލޯގޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި)، އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، ތާއީދު އޮތްކަން ހާމަކުރާ 50 މީހުންގެ ފުރިހަމަނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑުގެ ނަންބަރު (އެކްސެލް ފޯމެޓްގައި، ތާނައިން)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމަވެ.

28 ރަބީޢުލްއައްވަލް 1435

29 ޖަނަވަރީ 2014
ހޯދާ