އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން އޮބްޒާވްކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2019/142)

އިޢުލާން

ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން އޮބްޒާވްކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ 2 (ދޭއް) ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި 13 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގެވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތައް) 18 މާރިޗް 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށްއެ ފުރުޞަތު ހުޅުވާލައިފީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަން އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތްތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހަކު ކަމުގައިވުން.

5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

  •  ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ތަންތަނަށެވެ.

1. ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގެ ރިސެޕްޝަނަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން މާލެއިންނަމަ، އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގެ ރިސެޕްޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށެވެ.

ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީން ނުވަތަ އެ ޖަމްޢިއްޔާއަކުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިސިޓީއާއިއެކު އޮބްޒާވުކުރުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ފޮނުވަން ވާނެއެވެ. އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް  www.elections.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

1. ފުރިހަމަ ނަން، ދިވެހި (ފަރުމަ ފޮންޓުގައި) އަދި އިނގިރޭސި ބަހުން

2. އެޑްރެސް

3. އެޑްރެސް

4. އައި.ޑީ ކާޑް ނަންބަރު

5. ޖިންސް

6. އެދިލައްވާ ފަރާތާއި ގުޅޭނެ ފޯނު ނަންބަރ އެނގޭނޭހެން ލިސްޓުގެ ހާޑްކޮޕީ އަދި ސީޑީގައި ސޮފްޓް ކޮޕީ އެކްސެލް ފޯމެޓްގައި  (ވެބްސައިޓުގައިވާ ފޯމެޓަށް)

7. ޕާސްޕޯޓުގައި ޖަހާ ފޮޓޯގެ މިންގަނޑުތަކާ އެއްގޮތްވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް އަދި އެ ފޮޓޯގެ ސޮފްޓް ކޮޕީ ސީޑީއެއްގައި ޖޭޕީޖީ ފޯމެޓުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުން ރީނޭމް ކުރުމަށްފަހު

 

އޮބްޒާވަރުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 18 މާރިޗް 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިން ސައްތަ އިތުރުނުވާ ގޮތަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަޖަބު 1440

18 މާރިޗު 2019
ހޯދާ