ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                          ނަންބަރު: 17/2019

އިޢުލާން

ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

 

މަޤާމް:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރ:              J-251519

ރޭންކް:                    ޖީ.އެސް 3 ( ޖެނަރަލް ސަރވިސް 3 )

ކްލެސިފިކޭޝަން:              އޮފިސަރ ގްރޭޑް 1

މަސައްކަތްކުރާތަން:            ގދ.ގައްދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:                     ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ މުސާރަ:             -/4465 ރުފިޔާ

ސަރވިސް އެލަވަންސް:         1500.00 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2:         މަހަކު 700.00 ރުފިޔާ

ބޭނުންވާ އަދަދު:            01 (އެކެއް)

 

އެހެނިހެން އިނާޔަތްތައް:

  1. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެނަމަ ބަންދުދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
  2. މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސުލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

 

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

1.އޮފީހަށް ލިބޭ ސިޓިއާއި މެސެޖް އަދި އެހެނިހެން ތަކެތި ބަލައިގަތުމާއި އެކު ދުވާލަކު 2 ފަހަރު އެންޓްރީކޮށް ޒިންމާދާރުވެރިޔާ އަށް އެރުވުމާއި، ސެކްޝަން ޔުނިޓް ތަކަށް ފޮނުވުމަށް ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާއި އަވަހަށް ހަވާލުކުރުން.ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ދޫކުރަންޖެހޭ ފައިސާ ޤަވައިދާއި އެއްގޮތަށް އެފަރާތްތަކާއި ހަވާލުކުރުން.

2.އޮފީހަށް އަންނަ ފޯންކޯލްތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމާއި އިދާރާގެ އީ މެއިލް އާއި ޖެމްސް މަދުވެގެން ދުވާލަކު 2 ފަހަރު ޗެކްކޮށް މެއިލާއި ޖެމްސްއިން އައިސްފައިވާ ލިޔުންތައް ޕްރިންޓްކޮށް އެންޓްރީ ކުރުމާއިއެކު ޒިންމާދާރުވެރިޔާއަށް އެރުވުން.

3.ކައުންޓަރުން ދޫކުރަންޖެހޭ އެޕްލިކޭޝަން ފޯމްތައް ދޫކުރުމައި އެނޫންވެސް ލިޔުންތަކާއި މަޢުލޫމާތާއި ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް ވިހާވެސް އަވަހަށް ފަސޭހައިން އޮޅުންފިލާގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ކައުންޓަރުން ބަލައިގަންނަ ފޯމްތައް ރަނގަޅަށް ފުރިހަމަކުރުމަށްފަހު ބަލައިގަތުން.

4.އޮފިހުން އެކި ފަރާތްތަކަށް ފޮނުވުމަށް ހަވާލުކުރެވޭ ސިޓީތަކާއި، އެހެނިހެން ލިޔުންތައް ވީއެންމެ އަވަހަކަށް އެފަރާތްތަކަށް ފޮނުވުމާއި، އެކިފަރާތްތަކަށް ރައްދުކުރުމަށް އޮފީހާއި ހަވާލުކުރެވޭ ތަކެތި ބަލައިގަތުމާއި އެތަކެތި ލިބެންޖެހޭ ފަރާތްތަކަށް އަވަހަށް ރައްދުކުރުން.

5.ނޯޓިސްބޯޑަށް އެރުވުމަށް ހަވާލުކުރެވޭ ލިޔުންތައް ބޯޑަށް އެރުވުމާއި މުއްދަތު ހަމަވުމުން އެ ލިޔުންތައް ނަގައި ނައްތާލަންޖެހޭ ލިޔުންތައް ނައްތާލުމުގެ ކަންތައް މަސައްކަތު މީހުންލައްވާ ކުރުވުން.

6.އެކިއެކި ސަބްސިޑީ ހޯދުމަށް ހުށައަޅާ ފަރާތްތަކަށް ކައުންސިލް އިދާރާގެ ފަރާތުން ދެއްވަންޖެހޭ މައުލޫމާތު ސެކްޝަންހެޑްގެ ލަފާގެމަތިން ދިނުންމާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއެކު ފައިލްކޮށް ބެލެހެއްޓުން.

7.ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޒިންމާދާރުވެރިޔާ ހަވާލުކުރާ މަސައްކަތްތައް ކުރުން.

8.ހަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ސެކްޝަނުގެ އެހެން ޔުނިޓްތަކުގެ މުވައްޒަފުންނާއި އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން އަދި ޔުނިޓް ތަކުގެ މަސައްކަތް ތަކުގައި އެހީތެރިވެދިނުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

25 މާރިޗު 2019 ވަނަ ދުވަހު 13:00 ގެކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއި އެކު ގައްދޫ ކައުންސިލްގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

އިންޓަރވިއުކުރުން.

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ.
  •  އިންޓަރވިއު ކުރުން އޮންނާނީ 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެރޭ 21:00ގައި ގައްދޫ ކައުންސިލް އިދާރާގެ ޖަލަސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު:

           މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840003 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 68400013 އެވެ.

 

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.
  • އެކްރެޑިޓް ނުކޮށް ހުށަހަޅާ ލިޔުންތަކަށް މާރކްސް ނުދެވޭނެއެވެ.
  • އުމުރުން 55 އަހަރު ނުފުރޭ މީހަކަށްވުން.

މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                              14 މާރިޗު 2019

14 މާރިޗު 2019
ހޯދާ