މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކްނިކް ދިއުމަށް ކަނޑައެޅިފައިވާ ސަރަހައްދު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ނޮވެމްވަރ މަހު 17 ވަނަ ދުވަހު ސަރުކާރާއި ހަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ޕިކްނިކް ދާނެ ސަރަޙައްދެއް ނެތް ރަށްރަށުގައި ޕިކްނިކް ދާނެ ސަރަހައްދެއް ކަނޑައަޅާފައި އެންގުމަށް މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީގެ ނަންބަރު 431-VR/280/20181 (17 ޑިސެމްބަރ 2018) ސިޓީއިން އަންގަވާފައިވާތީ، ޅައިމަގުގައި ޕިކްނިކް ދާނެ ސަރަޙައްދެއް ކަނޑައެޅުމަށް ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކޮށް މަސްވަރާކުރުމަށްފަހު 13 ފެބްރުއަރީ 2019 ވަނަ ދުވަހު ބޭއްވުނު ޅައިމަގު ކައުންސިލްގެ 2019 ވަނަ އަހަރުގެ 5 ވަނަ އާންމު ބައްދަލުވުމުން ވަނީ ޕިކްނިކް ދާނެ ސަރަހައްދެއް ކަނޑައަޅާ އެކަން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް އެންގިފައެވެ.

އެގޮތުން އެއޮތޯރިޓީއިންވަނީ ޕިކްނިކް ދާނެ ސަރަހައްދެއް ގޮތުގެއި ށ. ޅައިމަގު ބަދަރުގެ އުތުރުކޮޅާއި ށ. ޅައިމަގު ސްކޫލްގެ (އަމީނީމަގު) އުތުރުފަރާތު ގޯޅިއާއި ދެތެރެއިން 75  333 ފޫޓްގެ (25000 އަކަފޫޓްގެ ސަރަހައްދެއް ޕިކްނިކް ދާނެ ސަރަހައްދެއްގޮތުގައި ކަނޑައަޅާފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ސަރަހައްދު ށ. ޅައިމަގު ބަދަރުގެ އުތުރުކޮޅުން ފެށިގެން ށ. ޅައިމަގު ސްކޫލްގެ (އަމީނީމަގު) އުތުރުފަރާތު ގޯޅިއާއިހަމައަށް އެއްވެސް ބާވަތެއްގެ ކުނިބުނި، ގައުކުޑި، ފަތްކުނި ނުވަތަ އެސަރަހައްދު ހަޑިވާފަދަ އެއްވެސް އެއްޗެއް އެޅުމަކީ މިއަދުންފެށިގެން މަނާކަމެއްކަމުގައި އަންގަމެވެ.

ވީމާ، މިހެންވެ މިކަން އާންމުކޮށް އެންމެހާ ފަރާތްތަކަށް އަންގާ އިއުލާންކުރަމެވެ.

12 މާރިޗު 2019
ހޯދާ