މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:                ސީނިއަރ ރިސާރޗް އޮފިސަރ

މަޤާމުގެ ނަންބަރު:         299609

 ބޭނުންވާ ޢަދަދު:         1

ގިންތި:               ދާއިމީ

ރޭންކް:               އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:    ސިނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް:              މިނިސްޓްރީ އޮފް ފިޝަރީޒް ، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:      މެރިން ރިސާރޗް ސެންޓަރ    

ވަޒީފާ އަދާކުރަންޖެހޭ ތަން:   މެރިން ރިސާރޗް ސެންޓަރ/ މާލެ  

މުސާރ:              -/7035 ރުފިޔާ

ސަރވިސް އެލަވަންސް:      -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

ޓެކްނިކަލް ކޯ އެލަވަންސް:    80/1969 ރުފިޔާ

 

       މަޤާމުގެ ޝަރުތު        

1- އެކުއޭޓިކް ޕެތަލޮޖީ ،ފިޝަރީޒް ، މެރިން ސައިންސް ، ސްޓްޓިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- އެކުއޭޓިކް ޕެތަލޮޖީ ،ފިޝަރީޒް ، މެރިން ސައިންސް ، ސްޓްޓިސްޓިކްސް ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފަރުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި ކަނޑުގެ މާހައުލީވެއްޓަށް މޫސުމީގޮތުން ކުރާ އަސަރުތައް މޮނިޓަރ ކުރުމަށް ދިގުމުއްދަތަކަށް ހިންގަމުންދާ "ނެޝަނަލް ކޮރަލް ރީފް މޮނިޓަރިންގ ޕްރޮގްރާމް" ރާވާ ހިންގައި، ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ މައުލޫމާތު ބަލަހައްޓައި ރިޕޯޓް ހެދުމާއި، މިބަދަލުތަކާއި ގުޅޭގޮތުން ލަފާ ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ލަފާ ފޯރުކޮށްދިނުމާއި އާންމުން ހޭލުންތެރިކުރުވުން.
  • ފަރުތަކާއި ގުޅޭގޮތުން ނެގޭ ސައިންޓިފިކް މައުލޫމާތު އެއްތަންކުރުމުގެ މަޤްސަދުގައި "ނޭޝަނަލް ކޮރަލް ރީފް މޮނިޓަރިންގ ފްރޭމްވަރކްގެ ދަށުން ތަރައްގީކުރެވިފައިވާ "ކޮރަލްޑޭޓާބޭސް" ބެލެހެއްޓުމާއި ތަންފީޒުކުރުންމާއި ޑޭޓާބޭސްއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވާހިންގުން.
  • ކޮރަލް ރީފް ރިހެބިލިޓޭޝަން އެންޑް ރިސްޓޮރޭޝަން ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ރިހެބިލިޓޭޓް ކުރެވޭ ގޮތްތައް ރާއްޖޭގައި ތަޖުރިބާކުރުމަށް ޕައިލެޓް ޕްރޮޖެކްޓްތައް ފަރުމާކޮށް ހިންގުމާއި، މި ޕްރޮޖެކްޓްތަކުގެ ނަތީޖާއަށް ބަލައި ރާއްޖެއަށް މިފަދަ ޕްރޮގްރާމްތައް ފުޅާކުރުމުގެ މަސައްކަތްތައް ރާވާހިންގުން.
  • މޫސުމީގޮތުން އަންނަ ބަދަލުތަކާއި ގުޅިގެން މެދުވެރިވާ ގާހުދުވުމުގެ ހާދިސާތަކާއި ގުޅޭ މައުލޫމާތު ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކޮށް، މިކަމުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއިގުޅޭގޮތުން މަޝްވަރާ ދިނުމަށް އެކުލަވާލާފައިވާ "ކޮރަލް ބްލީޗިންގ ޓާސްކްފޯރސް" އަށް ބޭނުންވާ ފަންނީ މައުލޫމާތުތައް ފޯރުކޮށްދީ، ޓާސްކްފޯސްގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން.
  • ފަރުތައް މޮނިޓަރ ކުރުމާއި ފަރުތައް ރިހެބިލިޓޭޓް ކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ގުޅިގެން އެއްކުރެވޭ މައުލޫމާތު އެނަލައިޒްކޮށް ފަންނީ ރިޕޯޓުތައް ތައްޔާރުކޮށް، މި މައުލޫމާތުގެ އަލީގައި ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން.
  • ފަރުތައް މޮނިޓަރ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވޭ ގޮތާއި، ޕްރޮގްރާމުން ހޯދޭ ހޯދުންތަކުގެ ރިޕޯޓް ގަވާއިދުން ތައްޔާރުކުރުން
  • ކޮރަލް ޑޭޓާބޭސް ބޭނުންކުވެރޭ މިންވަރު އާންމުކޮށް ކޮންމެ 3 މަހަކުން ލީފްލެޓެއް، އަދި ޑޭޓާބޭސްގައި ޖަމާކުރެވޭ މައުލޫމާތާއި ގުޅޭގޮތުން މައުލޫމާތު އާންމުކޮށް އަހަރަކު އެއް ރިޕޯޓް ތައްޔާރުކުރުން
  • ކޮރަލް ރީފް ރިސާރޗް ޕްރޮގްރާމްގެ ދަށުން އަހަރުތެރޭ ކުރެވޭ މައުލޫމާތުތައް އެއްކޮށް، އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމަތު ފޯރުކޮށްދިނުން.
  • ޕްރޮގްރާމްގެ މަސައްކަތްތައް ރާވާ ހިންގުމަށް ބޭނުންވާ ބަޖެޓް އަންދާޒާކޮށް ސެންޓަރުގެ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންވިއު އަދި ޕްރެކްޓިކަލްސް  

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު

- ކަނޑުއަޑީގެ ފަރުތަކުގެ ދިރާސާކުރުމުގެ ޤާބިލްކަން ހުރި މިންވަރު. (ޑައިވްކޮށްގެން މަޢުލޫމާތު އެއްކުރުމުގެ ޤާބިލްކަން)

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 މާރޗް 24 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

04  ޞަފަރު    1440

12 މާރިޗު 2019
ހޯދާ