ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބައެއް މަސައްކަތްތައް ކުރުމާބެހޭ

                  އަމިއްލަ ތެކެތީގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ކައުންސިލް އިދާރާގެ ވަށާފާރުގެ 02 ކަން ( ހުޅަނގު އުތުރު ކަނާއި، އިރުދެކުނު ކަން ) ތަޅާލާ، ކަން އަލުން ތަނބުޖަހާ ރޭނުން.
  2. ކައުންސިލްގެ ވަށާފާރު އެތެރެފަރާތުގެ ނަގަންޖެހޭ މުޑިބުރި ތަޅާލާ ރޭނުމާއެކު ތަނބެއް އެޅުން.
  3. ކައުންސިލްގެ ވަށާފާރު ވަށައިގެން ކޮންމެ ދެމުޑިބުރި ދޭތެރެއަށް ތަނބެއް އެޅުން.
  4. ކައުންސިލް އިދާރާގެ ވަށާފާރު އެތެރެއާއު ބޭރުގެ ކުލައާއި ފެހި ކެހުމަށްފަހު އަލުން ކުލަލުން.
  5. ކައުންސިލް އިދާރާގެ އުތުރުފަރާތު އަސްކަނި ސީލިންގް މަރާމާތުކޮށް ކުލަލުން.
  6. ކައުންސިލް އިދާރާގެ ބަގީޗާ ކޯރު ކައުންސިލުންދޭ މިންގަނޑަކަށް ހެދުން.
  7. ކައުންސިލް އިދާރާގެ މިހާރު ހުރި ދިދަދަނޑި ނެގުމަށްފަހު ބުޑުއެޅުމާއިއެކު
  8. ދިދަ ދަނޑި އެސް.އެސް ހޮޅިއަށް ބަދަލުކުރުން.
  9. ކައުންސިލް އިދާރާގެ ނޯޓިސްބޯޑު މަރާމާތުކުރުން. ( މިހާރު ހުރި ފިލާ ނައްޓާލާ އެތެރޭ މެޓް ބަދަލުކުރުން )
  10. ކައުންސިލް އިދާރާގެ ކުރިމަތީގައި ހުރި ވޯކްވޭގައި ޖަހާފައިވާ ގާތަށް ބަދަލުކުރުން.
  11. ކައުންސިލް އިދާރާގެ ބޭރު ވަށައިގެން ކުލަލުމާއި ދަވާދުލުން.
  12. ކައުންސިލް އިދާރާގެ ޢިމާރާތުގެ ފާރުތަކުގައި ހުރި ރެނދުތައް ބެއްދުން.

                  ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 21 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 މާރޗް 2019 ވާ  ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅިދާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

                  އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއިއެކު ހިމަނަން ވާނެއެވެ. 

                  ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 މާރިޗު 2019
ހޯދާ