ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސާރވެޔަރ (ކުއަންޓިޓީ)

 

ނަންބަރު:FNK/A/IUL/2019/261 

ވަޒީފާގެ ފުރުޞަތު

 

  މިކުންފުނީގެ ހެޑް އޮފީހަށް މުވައްޒަފަކު ނެގުމަށްޓަކައި ކުރިން ކުރެވުނު ކުންފުނީގެ ނަންބަރު     FNK/A/IUL/2019/242

(04 މާރޗް 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން މި މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ސާރވެޔަރ (ކުއަންޓިޓީ)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާޓްމަންޓް / ޕްލޭނިންގ ޔުނިޓް

ޑިވިޜަން:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

8600ރ. ( އަށްހާސް ހަސަތޭކަ ރުފިޔާ )

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ކުއަންޓިޓީ ސަރވެއިންގެ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ކުއަންޓިޓީ ސަރވެއިންގެ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

 (ނ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  1- ޑިޕާރޓްމަންޓު ހިންގުމާއި ޙަވާލުވެ ހުންނަވާ ފަރާތާއި އިމީޑިއެޓް ސްޕަވައިޒަރގެ ޚިޔާލާއި އެކު ޑިޕާޓްމަންޓުން ރާވާ ހިންގާ މަޝްރޫޢުތަކުގެ ފަންނީ މަސައްކަތްތައް ކުރުން.

  2- ހިންގޭ މަޝްރޫޢު ތަކާއި ހިންގަން ރާވާ މަޝްރޫއުތަކުގެ އެސެސްމެންޓް ހެދުމާއި އިންސްޕެކްޓު ކުރުމަށް މަޝްރޫޢޫ ހިންގާ ރަށްތަކަށް ދަތުރު ކުރުން.

  3- ޑިޕާޓްމަންޓުން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ބީ.އޯ.ކިޔު ތައްޔާރުކުރުމާއި، މަޝްރޫޢުތަކުގެ ކޮސްޓް އެސްޓިމޭޝަން ހެދުން

  4- މަޝްރޫއުތައް ހިނގަމުންދާއިރު ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަޝްރޫޢު ބަލަހައްޓާ ފަރާތްތަކަށް ފަންނީ ލަފާ އަދި އެހީތެރިކަން ދިނުން.

  5- ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޑޭޓްތައް ކަނޑައެޅިފައިވާ  ގޮތަކަށް ޑިޕާޓްމަންޓުގެ އެއްމެ އިސްފަރާތާއި ހިއްސާކުރުން

  6- މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާރޓްމެންޓްގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިނގަމުންދާ މަޝްރޫޢުތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

މަސްޢޫލިއްޔަތު ތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  09:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތް ތަކާއިއެވެ.
  • މަޤާމަށް މުވައްޒަފުންހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307

ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

އީމެއިލް: [email protected]

 

 05 ރަޖަބު 1440            

 12 މާރޗް 2019   

12 މާރިޗު 2019
ހޯދާ