ދިވެހިރާއްޖެ
އިޢުލާން
2019 ވަނަ އަހަރުގެ ގްރެޖުއޭޝަން ޙަފުލާގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު: 170PRI/2019/010 އަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
2019 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަން ޙަފުލާގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ތިންވަނަ ފުލޯ މީޓިން ރޫމްގައެވެ.
މަސައްކަތުގެ މައުލޫމާތު ޝީޓް އަދި އަންދަސީ ހިސާބު ހުށައަޅަންޖެހޭ ފޯމެޓް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.އަދި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.