މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
އެގްޒަމިނޭޝަން
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
މުސާރަ:
|
މަހަކު 7,151.26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޙަވާލުކުރެވޭ ތާވަލުގައިވާ ގޮތުގެމަތިން އިމްތިޙާނުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައިގެން ކުރުން.
- އިމްތިހާން ޓައިމްޓޭބަލް ހެދުމަށްޓަކައި ފެކަލްޓީ/ސެންޓަރުތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުން.
- އިމްތިހާން ޓައިމްޓޭބަލް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވުން.
- އިމްތިހާން ކަރުދާސްތައް ޕްރިންޓްކޮށް، އިމްތިހާން ހޯލަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުން.
- އިމްތިހާން ހޯލަށް ބޭނުންވާ އެހެނިހެން ތަކެތި ތައްޔާރުކުރުން.
- އިމްތިހާނު ހެދުމަށްޓަކައި ބޭނުންވާ ހޯލް/ރޫމްބުކްކޮށް، އިމްތިހާން އޮންނަ ދުވަހުގެ ކުރިން އެތަންތަން އިމްތިހާނުގެ ބޭނުމަށް ލިބިފައިވާކަން ކަށަވަރު ކުރުން.
- އިމްތިހާން ހޯލްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ އިމްތިހާން އޮންނަ ދުވަހުގެ ކުރިން ޗެކްކުރުން ނުވަތަ ޗެކްކުރުމަށް ކަމާބެހޭ ފަރާތަށް އަންގާ އެކަން އެފަރާތުން ކުރިކަން ކަށަވަރުކުރުން.
- އިމްތިހާން އިންވިޖިލޭޓް ކުރުން.
- އިމްތިހާނަށް ބޭނުންވާ ތަކެއްޗަށް ކުރިޔާލާ ސްޓޮކުން އެދުމާއި އެތަކެތި ސްޓޮކުން ނެގުން.
- ސްޓޮކްގައި އިމްތިހާނަށް ޚާއްސަ ކުރެވިފައިވާ ތަކެތި މަދުވަމުންދާ ނިސްބަތުން އޯޑަރުކުރުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް އެދުން.
- އެގްޒޭމިނޭޝަން އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- ކަމާބެހޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
- އިމްތިހާނަށްފަހު ނައްތާލަންޖެހޭ ލިޔުންތައް ގަވާއިދުން ނައްތާލުން.
- އިމްތިހާން ކަރުދާސްތައް ރައްކައުތެރިކޮށް ބެލެހެއްޓުން. އަދި އެތަކެތި އެހެން ފަރާތްތަކަށް ނުފެންނާނޭ ފަދަ ގޮތަކަށް ރައްކައުކުރެވިފައިވާކަން ކަށަވަރުކުރުން.
- އިމްތިހާން ކަރުދާހުގައިވާ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުން.
- އިމްތިހާނަށް ދަރިވަރުން އައުމުގެ ކުރިން އިމްތިހާނަށް ބޭނުންވާ ތަކެތި އިމްތިހާނު ހޯލުގައި ހަމައަށް ހުރިތޯ ކަށަވަރުކުރުން.
- އިމްތިހާން ބޭއްވުމަށްޓަކައި އައުޓް-ރީޗް ސެންޓަރުތަކަށް ދަތުރުކުރާ ޗީފް އިންވިޖިލޭޓަރުންގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުން.
- އެހެން ކެމްފަހެއް ނުވަތަ އައުޓް-ރީޗް ސެންޓަރެއްގައި އިމްތިހާން ހެދޭނެގޮތް ހަދާދިނުމަށް ދަރިވަރަކު އެދޭނަމަ، ޤަވާއިދުން އެކަން ހަމަޖައްސައި ދިނުން.
- ކޮންމެ އިމްތިހާނެއް ނިމުމުން އެ އިމްތިހާނާއި ބެހޭ ތަފްސީލް ރިކޯޑް އެކުލަވާލުން.
- އެގްޒޭމިނޭޝަން އޮފީހުން ދޫކުރާ އިމްތިހާންތަކުގެ ނަތީޖާ ޝީޓް ޕްރިންޓްކޮށް، ރިސެޕްޝަނުން ދޫކުރެވޭނޭ އިންތިޒާމް ހަމަޖެއްސުން.
- އިމްތިހާން ޓައިމްޓޭބަލާއި، އިމްތިހާނުގެ ޤަވާއިދުތައް ވެބްސައިޓުން ލިބޭނޭގޮތަށް ބެހެއްޓުން.
- ޔުނިވަރސިޓީ ވެބްސައިޓްގެ އިމްތިހާނާ ބެހޭ ބައިގައިވާ މައުލޫމާތުތައް ޤަވާއިދުން އަޕްޑޭޓްކުރުން.
- އަހަރީ ރިޕޯޓަށް ބޭނުންވާ އިމްތިހާންތަކާއި ބެހޭ މަޢުލޫމާތު ތައްޔާރުކޮށް، ކަޑައެޅިފައިވާ މުއްދަތަށް ކަމާ ބެހޭ ސެކްޝަނާ ޙަވާލުކުރުން.
- އެގްޒޭމިނޭޝަން އޮފީހުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުމަށް ރިސެޕްޝަނާ ޙަވާލުކުރުން. އަދި އެތަކެތި އެޑްރެސް ކުރެވިފައިވާ ފަރާތްތަކަށް ރައްދުކުރެވިފައިވޭތޯ ބެލުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 މާރިޗު 17 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެއްވެސް ކޯހެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ވެގެން ނުވާނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|