މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑު އެޅުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

މި ރަށު ސްޕޯޓްސް އެރީނާ ތެރޭގައި ހެދުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ބޭނުންވެއްޖެއެވެ. މިކަމަކީ ވަރަށް މުހިއްމު ކަމަކަށްވާތީ،  މި އިޢްލާނަށް އިޖާބަދީ އެތަނުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތްކަން އަންގައިދޭ ލިޔެކިޔުން (ރުއްގަހުގެ މިލްކު ސާބިތު ކުރި ފަތް) ހުށަހަޅައި ދެއްވުމަށް ދަންނަވަމެވެ.  ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، މިސަރަޙައްދުގައިވާ ރުއްގަހުގެ ވެރިން ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ. މިއިޢްލާނުގެ މުއްދަތު ހަމަވާއިރު، މިލްކު ސާބިތުކުރި ފަތް ނުވަތަ ވެރިފަރާތް އެނގޭނެ އެހެންވެސް ލިޔުން ހުށަ ނާޅައި ރުއްގަސްތައް ހުރިނަމަ  އިތުރު ފުރުސަތެއް ނުދީ އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ. 

ފުޓްސަލްދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް އެރީނާގެ ސަރަޙައްދުގައެވެ. މިސަރަޙައްދުގައިވާ ރުއްގަހުގައި 1 އިން 28 އަށް ނަންބަރު ޖަހާފައިވާނެއެވެ.

 

ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރިކުރި ފަތުގެ އަޞްލާއިއެކު 17 މާރޗް 2019 ދުވަހުގެ 1:30 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން       (މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.

10 މާރިޗު 2019
ހޯދާ