ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ދެކުނުފަރާތު 4 ބުރިޢިމާރާތުގެ 4 ވަނަ ފަންގިފިލާގެ ފާޚާނާތަކުން ފެން ލީކުވާ މައްސަލަތައް ފާހަގަކޮށް ޖެހިފައިވާ މައްސަލަތައް ހައްލުކޮށް އަދިވެސް ފާޚާނާތަކަށް ބޭނުންވެފައިވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން ކުރެވުނު މިސްކޫލުގެ ނަންބަރު: 20/2019/JS-B ޢިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ ހުށަހެޅުންތައް ބާޠިލްކޮށް އަލުން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ދެކުނުފަރާތު 4 ބުރިޢިމާރާތުގެ 4 ވަނަ ފަންގިފިލާގެ ފާޚާނާތަކުގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މާރޗް 2019 ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 މާރޗް 2019 ދުވަހުގެ 11.00 އަށް މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.