އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ރައްކާތެރި ކޮޓަރި އަޅާދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި ރައްކާތެރި ކޮޓަރިއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު (IUL)GS80/2019/01 އިޢުލާނާ ގުޅިގެން ބީލަމުގައި ދެފަރާތަކުން ރަޖިސްޓްރީވެފައިވާތީ އެ އިޢުލާން ބާޠިލުކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. އަދި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ދަޢުވަތު އަރުވަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2019 މާރިޗް 10 އިން 2019 މާރޗް 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2019 މާރޗް 19 ވާ އަންގާރަ ދުވަހުގެ 11:30 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2019 މާރޗް 24 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.

10 މާރިޗު 2019
ހޯދާ