ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮފިސަރ

 

ޑިޕާޓްމަންޓް: އެކައުންޓިން އެންޑް ފައިނޭންސް

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލްގެ އެކައުންޓިން އެންޑް ފައިނޭންސް ޑިޕާޓްމަންޓް

ތަޢުލީމާ ތަޖުރިބާ:

  1.  އޭ ލެވެލް އިމްތިހާން ނިންމާފައިވުން
  2. މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ބޭނުން ކުރަން އެނގުން
  3. އެކައުންޓިންގ ދާއިރާ އިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-       ހޮސްޕިޓަލަށް ލިބޭ ފައިސާ ބަލައިގަތުމާއި ބޭންކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރަން ފޮނުވުން

2-       އިންވޮއިސްތައް ތައްޔާރުކުރުމާއި އިންވޮއިސްތަކަށް ފައިސާ ބަލައިގަތުން

3-       ހޮސްޕިޓަލަށް ލިބޭ ފައިސާއާއި ލިބެންވާ ފައިސާގެ ކަންތައްތައް ރަނގަޅު އުޞޫލެއްގެމަތިން ރާވާ ގެންދިއުން

4-       ހޮސްޕިޓަލުން އެކިއެކި ތަންތަނަށް ދައްކަންޖެހޭ ފައިސާއާއި ބެހޭ ލިޔުންތައް ތައްޔާރުކޮށް ރިޕޯޓްތައް ތައްޔާރުކުރުން

5-       ޕެޓީކޭޝް ބެލެހެއްޓުން

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 14 މާރިޗު 2019 ވަނަ ދުވަހު މެންދުރު 15:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

07 މާރިޗު 2019
ހޯދާ