މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

01. މަގާމް

އެސިސްޓެންޓް ރަޖިސްޓްރޭޝަން އޮފިސަރ

މަޤާމް ނަމްބަރު

J-247113

ބޭނުންވާ އަދަދު

1

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީއެސް 3

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ލައިސަންސިންގ އެންޑް ރަޖިސްޓްރޭޝަން ސެކްޝަން/ ވެހިކަލް ރަޖިސްޓްރޭޝަން ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4،465 ރުފިޔާ

ސަރވިސް އެލަވަންސް

-/1،500 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރު އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށްޓަކައި ލިޔެކިޔުންތައް ހުށަހެޅުމުން އެލިޔުންތައް ވެރިފައި ކުރުމަށްފަހު، ލިޔެކިޔުންތައް ހުށަހަޅާތާ 05 ދުވަސްތެރޭގައި ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީ އާއި ރޯޑްވަރދިނަސް ސްޓިކަރ ނިންމުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާއި ހަވާލުކުރުމާއި އެއްގަމު ރަޖިސްޓްރީ އާއި ބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފަސޭހައިން ފެންނާނެހެން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

 

  1. އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ގެއްލިގެން އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ބާޠިލްކުރުމަށް އެދި ސިޓީ / ފޯމް ހުށަހަޅާތާ 05 ދުވަސް ތެރޭގައި ޤަވާއިދާއި އެއްގޮތަށް ލިޔުން ތައްޔާރުކުރުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރަށް ގެންދިއުން.
  2. އެއްގަމު އުޅަނދަށް ދޫކުރެވޭ ޑޮމެއިން ހުއްދައަށް އެދޭތާ 05 ދުވަސް ތެރޭގައި ޤަވާއިދާއި އެއްގޮތަށް ޑޮމެއިން ހުއްދަ ނިންމުމަށްފަހު ތަކެތިދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާއި ޙަވާލުކުރުމާއި ހުއްދަތަކާއި ބެހޭ ލިޔުންތައް ދުވަހުން ދުވަހަށް، ފަސޭހައިން ފެންނާނެހެން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  3. ބޭންކްތަކުން ފޮނުވާ މޯގޭޖްކޮށްފައިވާ އުޅަނދުތަކުގެ ސިޓީ ލިބުމުން އެއްގަމު އުޅަނދުގެ މޯގޭޖް ރަޖިސްޓްރީކުރުމާއި، ކެންސަލްކުރުމާއި އަދި މިކަމާއި ގުޅޭ ރެކޯޑްތައް ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމާއި، ވެރިފަރާތުން ފައިސާ ދެއްކުމުން ވީހާވެސް އަވަހަކަށް ތެރޭގައި ބޭންކްތަކަށް މޯގޭޖް ރަޖިސްޓްރީތައް ފޮނުވުން.
  4. ކޯޓްތަކުން އެކިއެކި ކޮމްޕެނީ ތަކާއި ، ވަކިވަކިފަރުދުން އެއްގަމުގައި ދުއްވާ އުޅަނދާއިބެހޭ މަޢުލޫމާތު ސާފުކުރުމަށް ސިޓީފޮނުއްވުމުން، އެމައުލޫމާތު ތަކަކީ އެފަރާތައް ދިނުން ރަގަޅު މައުލޫމާތެއްތޯ ބެލުމަށްފަހު 3 ދުވަހުތެރޭގައި ޖަވާބު ދިނުން.
  5.  ޕްރޮވިންސްތަކުން ރަޖިސްޓްރީކުރުމަށް ފޮނުވާ ލިޔުންތަކާއި ރޯދްވަރދިނަސް ހެދުމަށް ފޮނުވާ އެޕްލިކޭޝަންތައް އޮތޯރިޓީއަށް ލިބޭތާ 05 ދުވަސް ތެރޭގައި ރަޖިސްޓްރީތައް ނިންމާ، ލެމިނޭޓްކޮށް، ޕެކްކުރުމަށްފަހު އެޕްރޮވިންސްއަކަށް ފޮނުވުން.

 

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

  • ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

01. މަގާމް

އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

މަޤާމް ނަމްބަރު

J-305895

ބޭނުންވާ އަދަދު

1

މަޤާމް ގިންތި

ވަގުތީ

މަޤާމުގެ ރޭންކް

ޖީއެސް 3

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީހުން ފެށިގެން 27 ޖަނަވަރީ 2021 ގެ ނިޔަލަށް

 

 

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން/ ޕްރޮކިއުމަންޓް ސަބް ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް

-/1,500 ރުފިޔާ

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1-       ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމް ޕްރޮކިއުމަންޓަށް ލިބޭތާ ލަސްވެގެން 02 ދުވަސް ތެރޭގައި ހޯދުމަށްއެދިފައިވާ ތަކެތި ގެނައުމުގެ ގޮތުން އަގުބަލާ، ކޯޓޭޝަން ހޯދަންޖެހޭ އެއްޗެއްކަމުގައިވާނަމަ ކޯޓޭޝަން ހޯދާ، ހުއްދަހޯދަންޖެހޭ އެއްޗެއް ކަމުގައިވާނަމަ ޤަވާއިދާއި އެއްގޮތަށް ހުއްދަހޯދުމަށްފަހު މަސައްކަތާއި ތަކެއްޗަށް ޕީ.އޯ ހެދުމަށްފަހު ތަކެތި ބޭނުންވާ މުއްދަތަށް އޮފީހަށް ގެނައުން.

 

2-       މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ހޯދުމާއި،  ތައްޔާރުކުރަންޖެހޭ މަޢުލޫމާތު ޝީޓް ތައްޔާރުކޮށް ތަކެތި ހޯދުމާއި މަސައްކަތްކުރުވުމަށް އިޢުލާންކުރުމުގެ ކުރިން މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ހޯދުމަށްފަހު އިޢުލާންކުރުން.  

 

3-       ތަކެތި ހޯދުމަށާއި މަސައްކަތްކުރުވުމަށް ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ވަގުތަށް އެކަމަށް ބޭނުންވާ އެންމެހައި ތައްޔާރީތައްވުމާއި، މަޢުލޫމާތު ސާފުކުރަން އަންނަފަރާތްތަކަށް އެއިންތިޒާމް ހަމަޖައްސައިދިނުމާއި، އެފަރާތްތަކަށް ސާފުވާނެހެން ތެދުމަޢުލޫމާތު ދިނުމާއި، ދުވަހުގެ ޔައުމިއްޔާ ނެގުމަށްފަހު ޔައުމިއްޔާ ފާސްކުރުވުމާއި، އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަށް ނިންމަންޖެހޭ އެންމެހައި ލިޔެކިޔުންތައް ނިންމުމާއި، އަންދާސީހިސާބު ހުށަހަޅާދުވަހުގެ ޔައުމިއްޔާ ނެގުމާއި، ހުށަހަޅާފައިވާ އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްޓަކައި ކޮމިޓީގެ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބައިވެރިވުމާއި މަސައްކަތް ޙަވާލުކުރުމުގެ އެގްރީމަންޓް ހެދުމާއި އަދި އިވެލުއޭޝަން ކޮމިޓީގެ ޔައުމިއްޔާ ލިޔުން.

 

4-       އޮފީހަށް ލިބިފައިވާ ތަކެތީގެ ބިލް ލިބޭތާ 01 ދުވަސްތެރޭގައި އެބިލާއި ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލު ހަމަކުރުމަށްފަހު ޕެއިމަންޓް ހެދުމަށްޓަކައި ޕެއިމަންޓް ހަދާ މުވައްޒަފާއި ޙަވާލުކުރުމާއި އެޑޮކިއުމަންޓްތަކުގެ ކޮޕީ ހަމަކޮށް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

 

5-       އޮތޯރިޓީން ގެޒެޓްކުރުމަށްޓަކައި ފޮނުވަންޖެހޭ އިޢުލާންތައް ފޮނުވަންޖެހޭ މުއްދަތުގައި ގެޒެޓަށް އަޕްލޯޑްކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ކަށަވަރުކުރުމާއި، އޮތޯރިޓީގެ އެޑްމިން މެއިލް ދުވަހުން ދުވަހަށް ބަލާ ޗެކްކުރުމަށްފަހު އައިސްފައިވާ މެއިލްތައް ދާންވާ ފަރާތްތަކަށް ފޮނުވުން. 

 

 

 

 

 

 

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

  • ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓް www.transport.gov.mv  އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސާރވިސް އަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

-          ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01  ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 މާރިޗު 2019 އިން ފެށިގެން 24 އެޕްރީލް 2019 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މާރިޗު 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.

 

 30 ޖުމާދުލްއާޙިރާ      1440

 07 މާރިޗު           2019

07 މާރިޗު 2019
ހޯދާ