ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ޕްރީސްކޫލް ޓިޗަރ ހޯދުމާއި ގުޅޭ

ނަންބަރު:263/I/2019/26     

                                                      ތާރީޚް: 06 މާރޗް 2019

ކޮންޓްރެކްޓް އުޞޫލުން ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން

 

 

 

   މަޤާމް:                     ޕްރީސްކޫލް ޓީޗަރ

   ބޭނުންވާ އަދަދު:                01 (އެކެއް)

   ވަޒީފާއޮތް އޮފީސް:              ނެއްލައިދޫ ކައުންސިލް  ، ހދ.ނެއްލައިދޫ

   ގިންތި:                    ކޮންޓްރެކްޓް

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ނެއްލައިދޫ ޕްރީ ސްކޫލް

 

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

-    މުވައްޒަފު ކިޔަވައިދެއްވާ ކުލާސްތަކާއި އެހެނިހެން ކުލާސްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންނަށް ތަޢުލީމު ދިނުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމުގެ ފެންވަރު ރަގަޅުކުރުމާއި، ދެވޭ ތަޢުލީމަކީ އެކުއްޖެއްގެ ފެންވަރުގައި ދެވޭތައުލީމަކަށްވުން.

ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކްލާހުގަޔާއި ކްލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

-          ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން

-          ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.

-          ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް  މާކުކުރުން.

-          ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން

-          ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން.

-          ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުން.

-          ޕޭރަންޓް ޓީޗަރ މީޓިން ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.

-          ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން.

-          ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

-          ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.

-          ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޙްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

-          ރިލީފް ގަޑި ނެގުން.

-          ސްކޫލުގައި ހިންގާ ކުލަބު ޙަރަކާތްތައް ހިންގުން

-          ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.

-          ސްކޫލުގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޙަރަކާތްކުގައި ބައިވެރިވުން.

-          މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން.

-          ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.

-    މަސައްކަތް ކުރަންޖެހޭ ވަގުތަކީ ދުވާލަކު 3 ގަޑިއިރެވެ.

-    ޓީޗަރުންގެ މަސައްކަތްބެލުމާއި، ލެސަންޕްލޭންތައް ޗެކުކުރުމާއި، ފިލާވަޅަށް ތައްޔާރުވެފައިވާ މިންވަރުބެލުމާއި، ރަގަޅުކުރަން ފެންނަކަމެއްވާނަމަ ކިޔަވައިދޭން ފެށުމުގެ ކުރިން ބުނެދިނުން.

-          ދުވަހުންދުވަހަށް ހިނގާ ކަންކަން މޮނިޓަރ ކުރުމާއި ހަފުތާގެތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ޙާޞިލްވިތޯބެލުމާއި އެސެސްމެންޓްތައް ކުރިޔަށްގެންދިއުމާއި، ޓާރމު ނިމުމުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި މަސް ނިމުމުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ކުރިޔަށްދާގޮތް ބެލުމާއި އެމަސައްކަތް ފުރިހަމަކުރުން.

-    ދެވޭތައުލީމަކީ ރޭވިގެން ރަގަޅަށް ތައްޔާރުވެގެން ދެވޭތައުލީމަކަށްވުމަށް މަސައްކަތްކުރުން.

-    ކިޔަވައިދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތައް ހެދުމާއި ކިޔަވައިދިނުމަށް ރަގަޅަށް ތައްޔާރުވުމާއި އަދި އެކަމަށް ބޭނުންވާތަކެތި ކައުންސިލަށް ހުށައަޅައިގެން ހޯދުން.

-    ކިޔަވާކުދިންގެ ފެންވަރު ރަގަޅުކުރުމަށް މަސައްކަތްކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

-    ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެއަށް ހަވާލުކުރެވޭ މަސައްކަތް ހަވާލުކުރުމުގެ ކުރިން ބަލާޗެކްކޮށް ރަގަޅުކުރަންޖެހޭނަމަަ އެކަމެއްރަގަޅުކުރުން.

-    ދުވަހުންދުވަހަށް ކުލާހުގައިދެވޭމަސައްކަތް ރެކޯޑްކޮށް ބެލެހެއްޓުން.

-    ސްކޫލުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއިގުޅިގެން އެމުވައްޒަފުންގޮވައިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.

-    ކުޑަކުދިންނާއިއެކު އުޅެވޭފަދަ މިޒާޖެއްގެމީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއި އަމާނަތްތެރިކަމާއި ކެތްތެރިކަމާއި އުފެއްދުންތެރި ހިޔާލުތަނަވަސް އަދި ވިސްނައިގެން ކަންކަންކުރާ ރޭވުންތެރިމީހަކަށްވުން.

-    ސްކޫލުން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތް ނުވަތަ މުބާރާތްފަދަ ކަންކަމުގައި އެހީތެރިވުން.

-          ސްކޫލުހިންގުމާ ހަވާލުވެފައިވާ ފަރާތުން އަންގާ ކިޔަވައިދިނުމާއިގުޅޭ ރަސްމީކޮންމެމަސައްކަތެއްކުރުން. 

 

ޝަރުތު:

 

މަޤާމު

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ

ސަރވިސް އެލަވަންސް

ޕްރީ ސްކޫލް އެސިސްޓަންޓް ޓީޗަރ

ޕްރީ ސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

1500/-

1000/-

ޕްރީ ސްކޫލް ޓީޗަރ

ޕްރީ ސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓިފިކެޓް  ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

ކިޔަވާދިނުމުގެ ރޮނގުން އެޑްވާންސް ސެޓިފިކެޓް ލެވެލް ގެ ސަނަދެއް ހާސިލްކޮށްފައިވުން

2000/-

1190/-

ޕްރީ ސްކޫލް ޓީޗަރ

ޕްރީ ސްކޫލް ޓީޗަރ 3

ކިޔަވާދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން

3000/-

1785/-

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

 

 

                            

އިންޓަރވިއު ކުރުން

 

ހ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިޔު ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 މާރޗް 18 ވާ ހޯމަ ދުވަހު ނެއްލައިދޫ ކައުންސިލުން ކަނޑައަޅާ ވަގުތެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދޭ ފޯމު ނެއްލައިދޫ ކައުންސިލް އިދާރާ ކައުންޓަރުން ލިބެން ހުންނާނެއެވެ.

-       އަދި ސިވިލް ސަރވިސް ކޮމިޝަންގެ    www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނެއްލައިދޫ ކައުންސިލްއަށެވެ.

-       ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ2019  މާރޗް 14 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ނެއްލައިދޫ ކައުންސިލް އަށް ހުށަހަޅަންވާނެއެވެ.

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ދެފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނެއްލައިދޫ ކައުންސިލްގެ ނަންބަރ 6520041  ފޯނަށް ގުޅުއްވުން އެދެމެވެ. 

06 މާރިޗު 2019
ހޯދާ