މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

                              އިޢުލާން

މަޤާމު

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު

J-305902

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް ޑިވިޜަން / ހެލްތް އިކޮނޮމިކްސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ނެޝަނަލް ހެލްތު އެކައުންޓްސް އެކުލަވާލުމަށް ޞީއްހީ ދާއިރާގައި ހެދަވާ ހަރަދުތަކުގެ(ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން) މަޢުލޫމާތުތައް އައްކޮށް ސުޕަރވައިޒަރ/ކޮންސަލްޓަންޓްގެ އިރުޝާދުގެ ދަށުން ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކުރުން.
  2. ހެލްތު އިކޮނޮމިކްސް ޔުނިޓުން އެއްކުރާ ހެލްތު އެކައުންޓްސްގެ މަޢުލޫމާތުތައް މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި އެހެން ސެކްޝަންތަކާއި އަދި އޮފީސްތަކާއި ޙިއްސާކޮށް، ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  3. ހެލްތު އިކޮނޮމިކްސް އަދި ހެލްތު ފައިނޭންސިންގ/އެކައުންޓްސް ދާއިރާއާ ގުޅުންހުރި ސެކްޓަރގެ ޕްރޮޖެކްޓް / ޕްރޮގުރާމުތައް ރާވައި ހިންގުން.
  4. ނެޝަނަލް ހެލްތް އެކައުންޓްސްގެ އަހަރީ ސްޓެޓިސްޓިކްސްތަކާއި، ޤައުމީ ފެންވަރެއްގައި ކުރެވޭ ޚަރަދުތަކާއި ރާއްޖޭގައި ޞިއްޙީ ދާއިރާއަށް ހިނގާ ޚަރަދުތަކުގެ ތަފްޞީލު މަޢުލޫމާތު ހޯދާ އެއްކުރުން.
  5. ހެލްތު އިކޮނިމިކްސް ޔުނިޓުންގެ މަސައްކަތްތަކުގައި ފަންނީ އެހީ ދެއްވުމަށްޓަކައި ރާއްޖެ ވަޑައިގަންނަވާ ކޮންސަލްޓެންޓުންނާ އެކު މަސައްކަތްކޮށް އެބޭފުޅުންނާއިއެކު ބާއްވަންޖެހޭ މީޓިންތައް އިންތިޒާމުކޮށް، ހެލްތު ފައިނޭންސިންގ/އެކައުންޓްސް  ރިޕޯޓުތައް ތައްޔާރުކުމުގައި ކޮންސަލްޓެންޓަށް އެހީތެރިވެދިނުން.
  6. ޞިއްޙީ ދާއިރާއާގެ މަޢުލޫމާތު، ދާއިރާގެ އަގުތަކާއި ދާއިރާއަށް ޚަރަދު ކުރެވޭ ގޮތުގެ އެނަލިސިސް ހެދުން.
  7. ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހެލްތު އެކައުންޓްސްއާ ގުޅޭ މަޢުލޫމާތު އެއްކުރުމާއި މެނޭޖްކުރުމާއި އަދި ޢާއްމު ކުރުން.
  8. ޞީއްޙީ ފަރުވާ ދިނުމުގެ ނިޒާމުގެ ކަންތައްތަކަށް ފައިސާ ހޭދަވާވަރު މޮނިޓަރކޮށް ބެލެހައްޓައި ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކުރުން.
  9. ޞިއްޙީ ދާއިރާއާއި ގުޅޭ ރިސާރޗް ކުރުމުގެ މަސައްކަތްތައް ކުރުން.
  10. ހަވާލުކުރެވިފައިވާ ހެލްތު ފެސިލިޓީތަކުން މި މިނިސްޓްރީއަށް ލިބެންޖެހޭ ރިޕޯރޓްތައް މަހުން މަހުން އެއްކޮއް، އެ ރިޕޯޓުތަކުގެ ކޮލިޓީ ޗެކްކުރުމަށްފަހުގައި، މަންތްލީ އެކްޓިވިޓީ ރިޕޯޓްތަކުގެ އެނަލިސިސް ހަދާ، ސުޕަވައިޒަރާއި ހިއްސާކުރުން.

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

އެކައުންޓިންގ، ފައިނޭންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

އެކައުންޓިންގ، ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރިޗު 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ މާރިޗު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014326 ނަންބަރު ފޯނަށެވެ.

06 މާރިޗު 2019
ހޯދާ