މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ޑިރެކްޓަރ

މަޤާމް :ޕްރޮޖެކްޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1
  • އިއުލާން

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް ޑިރެކްޓަރ (ޕީ.ޑީ.) 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އައި.) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި އިންޕްލިމެންޓޭޝަންގެ މަސައްކަތްތައް ބަލައި މެނޭޖްކުރާނެ ފުލްޓައިމް ޕްރޮޖެކްޓް ޑިރެކްޓަރ އެއް ހޯދުމަށް ބޭނުންވެއެވެ.

ޕްރޮޖެކްޓް ޑިރެކްޓަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރގެ ދަށުން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މަޝްރޫޢުގެ އެކިއެކި މަސައްކަތްތައް ވިލަރެސްކޮށް ތަންފީޒުކުރާ މިންވަރު ބެލުން ހިމެނެއެވެ.

ޕްރޮޖެކްޓް ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ)ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަންއާއި ގުޅޭ ދާއިރާއަކުން މާރސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުން.

ށ)މަދުވެގެން 10 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ އިތުރުން 07 އަހަރު ދުވަހު ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް ތަކުގައި މަސައްކަތް ކޮށްފައި ވުމާއިއެކު މަސައްކަތުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓް އާއި ސުޕަވިޝަން މަސައްކަތްތައް ހިމެނުން.

ނ)ސިވިލް ނުވަތަ އެންވަޔަރަމަންޓް އިންޖީނިއަރިންގގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ރ)ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރތަކުގައި ދާއިރާއާއި ގުޅޭގޮތުން ތަޖްރިބާ ލިބިފައިވުން. މިގޮތުން ބައިނަލްއަޤްވާމީ އިދާރާތަކުގައި މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭއެވެ.

ބ)ބައިނަލްއަޤްވާމީ އިދާރާތަކުގައި ދާއިރާއާއި ގުޅޭގޮތުން ޕްރޮޖެކްޓް މެނޭޖްކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޅ)ފެނާއި ނަރުދަމާގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކ)ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

އ)އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

- އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއުއަށް ދައުވަތުއެރުވޭނެއެވެ. އަދި އެފަރާތެއް ކުރިންކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތައް ކުރަންޖެހޭ ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އިނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް އިނގެންވާނެއެވެ. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/39,330 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ 21 (އެކާވީސް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން، 2019 މާރިޗު 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:  388-3004-960+

ފެކްސް: 301-3000-960+

އީމެއިލް: [email protected]

އިތުރު މައުލޫމާތު:

-މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.planning.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

-އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected]އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ 3004388 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

28 ޖުމާދަލް އާޚިރާ 1440

                     05  މާރިޗު  2019  

05 މާރިޗު 2019
ހޯދާ