ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

މަޤާމު

މެޑިކަލް އޮފިސަރ

މަޤާމުގެ ނަންބަރު

j-252219 / J-250441 / J-250442

ބޭނުންވާ އަދަދު

03 (ތިނެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ސީ.އެސް. 12-1 (ގްރޭޑް 1)

މަޤާމުގެ ކްލެސިފިކޭޝަން

ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ޑިވިޝަން / ސެކްޝަން

މެޑިކަލް ސަރވިސް ޔުނިޓް

މަޤާމު އޮތް އޮފީސް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މުސާރަ

-/15090 ރުފިޔާ

ސަރވިސް އެލަވަންސް

-/8250 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  2. ބަލި ޙާލަތު ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި، އެ ތަހުލީލުތަކުގެ ނަތީޖާ ބަލައި ފަރުވާ ކުރިއަށް ގެންދިއުން.
  3. ބަލިމީހާގެ ހުރިހާ ރިކޯޑެއް ހޮސްޕިޓަލުގެ ޤަވާޢިދުތަކާއި އެއްގޮތަށް ރައްކާކުރުން.
  4. ހޮސްޕިޓަލުން ތައްޔާރުކުރާ ޑިއުޓީ ރޯސްޓަރއި އެއްގޮތަށް ޑިއުޓީ އަދި އޮންކޯލްތައް ހެދުން.
  5. ކުއްލި ހާލަތްތަކުގައި، އިމަޖެންސީ ރޫމުން ފަރުވާއަށް ބޭނުންވާ މީހުންނަށް ފަރުވާދިނުން.
  6. ރިފަރަ ކުރަންޖެހޭ ހާލަތްތަކުގައި ފާރުވާއަށް ބޭނުންވާ ޚާއްޞަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހާ ރިފަރކުރުން.
  7. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ކައުންސެލިންގ ދިނުމާއި ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލިމީހާގެ ޙާލަތު ޤަވާޢިދުން މޮނިޓަރ ކުރުން.
  8. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖަރތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވުން.
  9. ޢާއްމު ޞިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްތަކުގައާއި ޢާއްމުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  10. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖަރތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވުން.
  11. މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތައް ދެނެގަނެ، ފަރުވާކޮށް އަދި ރިފަރކުރަންޖެހޭ ޙާލަތްތަކުގައި ރިފަރ ކުރުން.
  12. ބަލިމީހާގެ ޞިއްހީ މަޢުލޫމާތު ލިޔެ ރިކޯޑްކޮށް މިމަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން މެދުނުކެނޑި ފަރުވާ ކުރިއަށް ގެންދިއުމާއި ޓީމުގެ އެހެން ޞިއްހީ ޚިދްމަތްތެރިންނާއި ޙިއްސާ ކުރުން.
  13. ޤާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތާއި، ވިހާ މަރުވާމީހުންގެ މަޢުލޫމާތާއި، އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މަޢުލޫމާތު ކަމާއި ބެހޭ ދަޢުލަތުގެ އިދާރާތަކަށް ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގައި އެހީތެރިވުން.
  14. އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ޞިއްހީ ޙާލަތްތަކާއި ބަލިތަކުގެ އަޞްލު ދެނެގަތުމާއި ބެހޭ ގޮތުން ސަރުކާރުގެ އިދާރާތަކުން ކުރެވޭ ދިރާސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  15. އެކިއެކި ހާނިއްކަ ލިބިގެން ޞިއްހީ ޚިދްމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަރުވާ ދިނުމާއި، ތަޙުޤީޤީ އިދާރާތަކުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުން.
  16. ދާއިމީ ވަޒީފާ އަދާކުރާ ހޮސްޕިޓަލުގެ އިތުރުން، ކުރުމުއްދަތުތަކަށް، ސަރުކާރުގެ އެހެން ހޮސްޕިޓަލްތަކަށް ޚިދްމަތް ކޮށްދިނުން.
  17. ދާއިރާގެ މަޢުލޫމާތުތަކާއި ޚިދްމަތް ދިނުމުގައި ދިމާވާ ޚާއްސަ ހާލަތްތައް ދިރާސާކޮށް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އެހެން ސްޕެޝަލިސްޓުންނާއި، މެޑިކަލް އޮފިސަރުންނާއި ނަރުހުންނާ ހިއްސާކުރުން.
  18. ހޮސްޕިޓަލުން ރާވައިގެން ހިންގާ، މެޑިކަލް ކޭމްޕްތަކުގައިޔާއި، ހެލްތް ސެންޓާރ ވިސިޓްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް

  1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

9. މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސެންސް ސެޓްފިކެޓްގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 މާރިޗު 2019 އާއި 17 މާރިޗު 2019 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 / 6885045 ނަންބަރު ފޯނާއެވެ.

                   28  ޖުމާދަލް އާޚިރާ   1440          

05  މާރިޗު       2019

 

 

 

                                                           ޝާހް ސައީދު

                                                           ޑިރެކްޓަރ      

05 މާރިޗު 2019
ހޯދާ