މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Thai International Postgraduate Program 2019

ތައިލެންޑް

ޤައުމު:

މާސްޓަރސް ޑިގްރީ

ކޯހުގެ ފެންވަރު:

ކޮންމެ ކޯހަކުން 5 ފުރުޞަތު

ކޯހުގެ ޢަދަދު

މާސްޓަރ އޮފް ރޫރަލް ޑިވެލޮޕްމަންޓް މެނޭޖްމަންޓް (15 މަސް)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮސައިންސް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ (އިންޓަރނޭޝަނަލް ޕްރޮގްރާމް) (2އަހަރު)

މާސްޓަރ އޮފް ސައިންސް އިން ބަޔޮޑައިވަރސިޓީ އެންޑް އެންވަޔަރމަންޓަލް މެނޭޖްމަންޓް (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެންވަޔަރމަންޓަލް ސައިންސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން ޖިއޮގްރަފިކް އިންފޮމޭޝަން ސައިންސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން އެނަރޖީ ޓެކްނޮލޮޖީ (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން އެންވަޔަރަމަންޓަލް ޓެކްނޮލޮޖީ (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އަރތް ސިސްޓަމް އެންވަޔަރަމަންޓް (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން ފުޑް ސައިންސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ޕޯސްޓްހާވެސްޓް ޓެކްނޮލޮޖީ އެންޑް އިންނޮވޭޝަން (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެގްރިކަލްޗަރަލް ސައިންސް (2 އަހަރު)

މާސްޓަރ އޮފް ސައިންސް އިން ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮމެޑިކަލް ސައިންސް (2 އަހަރު)

މާސްޓަރ އޮފް ޕަބްލިކް ހެލްތް (2 އަހަރު)

މާސްޓަރ އޮފް ޕްރައިމަރީ ހެލްތް ކެއަރ މެނޭޖްމަންޓް ޕްރޮގްރާމް (1 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެންވަޔަރމަންޓަލް މެނޭޖްމަންޓް (2 އަހަރު)

މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ސަސްޓެއިނަބަލް އެނަރޖީ މެނޭޖްމަންޓް (2 އަހަރު)

ކޯހުގެ ދާއިރާ އަދި މުއްދަތު

 

  1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  2. 31 މާރޗް 2019 އަށް އުމުރުން 50 އަހަރު ފުރިފައި ނުވުން.
  3. TOEFLއިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ  ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން.

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

4. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. 2 ރިކޮމެންޑޭޝަން ލެޓަރ. (އެޕްލިކޭޝަން ހުށަހަޅާ ކޯހެއްގެ އިންފޮމޭޝަން ޝީޓުގައި ބަޔާންކޮށްފައިވާގޮތަށް)

5. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

6. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

7. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

* މިކޯސްތަކާއިބެހޭ މަޢުލޫމާތު ޝީޓާއި ކޯހުގެ އިތުރު ޝަރުތުތައް އަދި އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައި ވާނެއެވެ.

* މިމިނިސްޓްރީ ކޮންމެ ކޯހަކަށް ނޮމިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ 5 ކެންޑިޑޭޓުންނެވެ. ނަމަވެސް މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓައިކާ) އިންނެވެ.

* މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އެލަވަންސް، ލިވިންގ އެލަވަންސް، ބުކް އެލަވަންސް، ތީސިސް އެލަވަންސް، ސެޓެލްމަންޓް އެލަވަންސް އަދި އިންޝުއަރެންސް) މި ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

* މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

* މިމިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި  ހުންނާނެއެވެ.

* ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދިވަޑައިގަންނަވާ އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެބޭފުޅުން އެންމެފަހުން ހާސިލުކުރެއްވި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވާފައިވާ މުއްދަތަށެވެ.

* ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

* އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

* ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ.  އަދި ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

* އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

* މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއް ނުދެވޭނެއެވެ.

* ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

* ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

* ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

* އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ނޮމިނޭޓްވާ ބޭފުޅުން، އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

* އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

2019 މާރިޗު 12 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން

ސުންގަޑި:

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3341307 / 3341380 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

05 މާރިޗު 2019
ހޯދާ