މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-292992

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުޙްޔިއްދީން ސްކޫލް / މާލެ، ދިވެހިރާއްޖެ

މުސާރަ:

-/5020 ރ

ސަރވިސް އެލެވަންސް:

-/1500 ރ

ކޯ އެލަވަންސް -2 :  

-/700 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
  2. އެކަޑަމިކް ސެކްޝަންގެ ސެޝަނަށް ޙާޟިރުނުވާ ޓީޗަރުންގެ ގަޑިތައްފުރުމަށް، ލީޑިންގ ޓީޗަރުންގެ ލަފާގެމަތިން ރިލީފް ޓީޗަރުން ހަމަޖައްސައި އެޓީޗަރުން ލައްވައި ސޮއިކުރުން.
  3. ދުވަހުން ދުވަހަށް އެކަޑަމިކް މެއިލް ޗެކްކުރުމާއި ސްކޫލު މެއިލްއަށް އައިސްފައިވާ ތަކެތި ދުވަހުން ދުވަހަށް އެންޓްރީއަށް ވެއްދުމާއި މެއިލް ރައްދު ވާންޖެހޭ ފަރާތްތަކަށް މެއިލް ފޮނުވުން.
  4. ކިޔަވައިދިނުމާއި ގުޅޭގޮތުން އެކިއެކި ދާއިރާތަކުން އަދި އަމިއްލަ ފަރާތަކުން ފޮނުވާ ސިޓީތަކަށް ވެރިންގެ ލަފާގެމަތިން ޖަވާބުދިނުމާއި ސިޓީތައް ފައިލްކުރުން

4.1 އެކިއެކި ފަރާތްތަކުން ސްކޫލަށް ފޮނުވާ ސިޓީ، ނޯޓް ފަދަތަކެއްޗަށް ޖަވާބު ފޮނުވުން.

4.2 ސްކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުން، ސިޓީ، ނޯޓް އަދި މެމޯ ފަދަތަކެތި ޑްރާފްކޮށް އެފަރާތްތަކަށް ފޮނުވުން.

4.3 ސިޓީ ފޮނުވިފައިވާ ފަރާތްތަގެ ތެރެއިން ޖަވާބު ހޯދަންޖެހޭ ފަރާތްތަކުން ޖަވާބުހޯދާ ވެރިއަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.

  1. ސްކޫލްގެ އެކިއެކި ކަންކަމުގައި ފޮނުވަންޖެހޭ ބެލެނިވެރިންނަށް ފޮނުވާ އެސްއެމްއެސް ވެރިއެއްގެ ލަފާގެ މަތިން ފޮނުވުން.
  2. ދަރިވަރު ސްކޫލަށް ވެއްދުމަށްފަހު؛ ރަޖިސްޓްރީ ކުރުމަށްފަހު ކޮންމެ ދަރިވަރަކަށް 02 ޕެރެންޓްކާޑު މަދުވަގެން 02 ދުވަހުގެ ތެރޭގައި ހަވާލުކުރުން.
  3. ވެރިންގެ ލަފާގެމަތިން ބެެލެނިވެރިންނާއި ޓީޗަރުންނަށް ދެވޭ ނޯޓިސް ތައްޔާރުކުރުން.

7.1 ނޯޓިސް ލިޔެ ތައްޔާރުކުރުމަށްފަހު ވެރިއެއްގެ އެޕްރޫވަލްހޯދުން.

7.2 ނޯޓިސް ތައްޔާރުކޮށް ސްކޫލުގެ ނޯޓިސްބޯޑަށް އެރުވުމަށްފަހު ވެބްސައިޓަށް އަދި ޑިޖިޓަލް ނޯޓިސްބޯޑަށް އެރުވުމަށްޓަކައި ވެބްސައިޓް އަދި ޑިޖިޓަލް ނޯޓިސްބޯޑް ބެލެހެއްޓުމަށް ހަވާލުވެފައިވާ މުވައްޒިފާއި ހަވާލުކުރުން.

7.3 ސްކޫލު ނޯޓިސް ބޯޑަށް ތަކެތި އެރުވުމަށްފަހު އެތަކެތި މުއްދަތު ހަމަވުމުން ނޯޓިސްބޯޑުން އެތަކެތި ނެގުމާއި ދުވަހުން ދުވަހަހަށް ނޯޓިސްބޯޑް އަޕްޑޭޓް ކުރުން.

  1. ސްކޫލްގެ އެންރޯލްމަންޓް ރަޖިސްޓްރީ ބެލެހެއްޓުމާއި ތަފާސް ހިސާބު ފުރިހަމަކޮށް މިނިސްޓްރީއިން ހަމަޖައްސާ ތާރީހަކަށް ފޮނުވުން.

8.1 އެއްއަހަރުން އަނެއްއަހަރަށް ޓްރާންސްފަރވާ ދަރިވަރުން ޖެހިގެން އަންނައަހަރުގެ އެންރޯލްމަންޓް ލިސްޓަށް އަޕްލޯޑް ކުރުން.

8.2 އަލަށް ސްކޫލަށް އަންނަ ދަރިވަރުންނަށް ސްޓޫޑަންޑް މަޢުލޫމާތު ފޯމް ދޫކުރުމަށްފަހު ބަލައިގަނެ އެދަރިވަރުންގެ މަޢުލޫމާތު މާސްޓަރ ސްޓޫޑަންޓް ރަޖިސްޓްރީ އަށް އަޕްލޯޑް ކުރުމާއި އެކު ކްލާސް ލިސްޓަށް އަޕްލޯޑްކުރުން.

8.3 ސްކޫލުގެ އެއަހަރެއްގެ އެންޜޯލްމަންްޓް ފައިނަލްކުރުމަށްފަހު ދަރިވަރުންގެ ޓެކްސްފޮތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހޯދުމަށްޓަކައި ޕްރޮކިއުމަންޓް ސެކްޝަނަށް ހަވާލުކުރުން.

  1. އޯލެވެލް އިމްތިހާން އާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކަމާބެހޭ ވެރިއެއްގެ ލަފާގެ މަތިން ފަރުވާތެރި ކަމާއިއެކުކޮށް ހުރިހާ ލިޔެކިޔުމެއް ފައިލް ކުރުން.
  2. އަހަރުފެށުމުގެ ކުރިން ފައިލްކުރަން ބޭނުންވާ ފައިލްތަކާއި ފޮތްތައް ތައްޔާރުކުރުން.
  3. އެމިސް ސްޓޫޑަންޓް ޑޭޓާރ ބެއިސް އިން ކުރަންޖެހޭ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ކޮށްނިއްމުން.

ދާއިރާ:

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠުތައް:   

ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.

  1. ސާނަވީ،ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަތީ ސާނަވީ، ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮންގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

45

45

ޖުމްލަ

210

100

100

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 މާރިޗް 2019 (ބުދަ) ގެ 12:00 ގެ ކުރިން، މުޙްޔިއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 މާރިޗް 2019 އާއި 17 މާރިޗް 2019 ދެމެދު، މުޙްޔިއްދީން ސްކޫލް ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 3390635 ) އަށެވެ.

27 ޖުމާދަލްއާޚިރާ 1440                               

04 މާރިޗު 2019
ހޯދާ