ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

 މަޤާމުގެ ނަންބަރު:

 J-229662

 ބޭނުންވާ އަދަދު:

 1

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 ޖީ. އެސް. 3

 މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ

 މުސާރަ:

 4,465.00ރުފިޔާ

 ސަރވިސް އެލެވަންސް:

 1,500.00 ރުފިޔާ 

 އެހެނިހެން އެލަވަންސް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް  ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

     (މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1-      ގޯއްޗަށް އެދޭ ފޯމާއި، ޢިމާރާއި / ގޯތި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން. 

2-      ގޯއްޗަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތާއި ގޯތި ލިބޭ ފަރާތްތަކުގެ މަޢުލޫމާތާއި ރިކޯޑް ބެލެހެއްޓުން.

3-      ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ހަމަކޮށް ޔުނިޓުގެ ވެރިޔާއާއި ޙަވާލުކުރުން.

4-      ގޯތި ގެދޮރާއި ބެހޭގޮތުން ޝަރީޢަތަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ފޮނުވުން.

5-      ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންބިމާއި ކުއްޔަށް ދޫކުރެވޭ ބިންބިމާއި ، ގޯތިގެދޮރުގެ ރަޖިސްޓްރީތަކުގެ ނަކަލުތައް ބެލެހެއްޓުން. 

6-      ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ ލިއުންތައް ހަމަކުރުމަށްފަހު ސަލާމަތީ ސެޓްފިކެޓް ހެއްދުން.

7-      މަސްވެރި އުޅަނދުފަހަރުގެ މަސްވެރިކަމުގެ ލައިސަންސް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8-      އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުުންވާ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްގެ މަޝްވަރާއާއި ލަފާގެ މަތިން ދިނުން

9-      ރަށުގެ އާބާދީއާއި ރަށްވެހިންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.

10-  ޢުމުރުން ދުވަސްވީ މީހުންނާއި ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަދި އެކަނިވެރި މައިން ދައުލަތުގެ އެހީއަށް އެދުމުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވައި ރިކޯޑް ބެލެހެއްޓުން.

11-  ކްލަބް / ޖަމްޢިއްޔާތަކުން ރަށުގެ ތަރައްޤީއަށް ރާވައި ހިންގާ ކަންތައްތަކުގައި ކައުންސިލްގެ އިދާރާއިން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

 މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއްފަރެއްގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 ތައުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2019 ގެ 13:00 ގެ ކުރިން، ކޮލަމާފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6820046 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ،17 މާރޗް 2019 އާއި 21 މާރޗް 2019 އާ ދެމެދު، ގއ ކޮލަމާފުށީ ކައުންސިލްގެ އިދާރާގައެވެ. 

 ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820017 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6820046 އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

04 މާރިޗު 2019
ހޯދާ