ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ރ. ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: IUL)304-EDS/304/2019/13)
އިޢުލާނު
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރޮޖެކްޓް އޮފިސަރ
މަޤާމުގެ ނަމްބަރ: J-300107
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
މުސާރަ: މަހަކު 5610.00 ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
ސަރވީސް އެލަވަންސް: މަހަކު 2000.00 ރ (ދެހާސް ރުފިޔާ)
ސަޕޯޓިންގކޯ އެލަވަންސް: މަހަކު 700.00 ރ (ހަތްސަތޭކަ ރުފިޔާ)
އިތުރު ޢިނާޔަތްތައް: 1. ސިވިލް ސަރވީސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
3. ސިވިލް ސަރވީސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
- 1. ތަރައްޤީގެ މަޝްރޫޢުތައް ހިނގާގޮތް ބަލައި މޮނިޓަރ ކުރުން
- ތަރައްޤީގެ މަޝްރޫޢުތައް ރާވައި ކައުންސިލަރުންގެ މަޝްވަރާއާއިއެކު ހިންގުން
- ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމަށްފަހު، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާ މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޕްރޮޖެކްޓް ފައިނޭންސަލް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅާ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރުން
- މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުން
- އިވެލުއޭޓްކޮށް މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑަ އެޅުމުން، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެއްބަސްވުން ތައްޔާރުކޮށް ލިޔެ އެފަރާތަކާއި މަސައްކަތް ހަވާލު ކުރުން
- މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި ދުވަހުގެ ރިޕޯޓް އަދި މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ކައުންސިލަރުންނަށް ހުށަހެޅުން
- ތަންތަން ޢިމާރާތްކުރަނީ ޤަވާޢިދާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން، އަދި ޤަވާޢިދާއި އެއްގޮތަށް ނޫން ކަމަށް ވަނީނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
- ޤަވާޢިދާއި ޚިލާފަށް ހުންނަ ފަރާތްތަކަށް ނަޞޭޙަތް ދިނުން، އިސްލާހު ނުވިނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލަރުންގެ މަޝްވަރާގެ މަތިން އެޅުން
- ކުލީ ބިންތަކުގެ ރަޖިސްޓްރީތައް ހަދައިދިނުމާއި ރަޖިސްޓްރީތައް ބެލެހެއްޓުން
- ބިމުގެ ބަޖެޓް ހަދައި ފާސްކުރުމަށް ހުށަހެޅުން
- ދިރިއުޅުމަށް ދޫކުރާ ބިންތަކާއި، ކުލީ ބިންތަކާއި އަދި އެނޫން ގޮތްގޮތުން ދޫކުރެވޭ ބިންތަކުގެ އިން ފާހަގަ ކުރުން
- ފުޓުބޯޅަ ދަނޑާއި އެސަރަޙައްދުގައިވާ ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުން
- އެލް ޖީ އޭ ގެ ފަރާތުން ހިންގާ ޕީ އެސް އައި ޕީ ޕްރޮޖެކްޓްތައް ހިންގުމާއި ސަރުކާރާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ވަކި ސެކްޝަނެއްގެ މަސއްކަތުގެ ތެރޭގައ ނުހިމެނޭ ޕްރޮޖެކްޓްތައް ހިންގުން
- މި އިދާރާގެ ވަކިވަކި ސެކްޝަންތަކުގެ މަސައްކަތާއި ގުޅުން ހުންނަ ޕްރޮޖެކްޓްތަކަށް ފަންޑިންގ ހަމަޖެހުމުން މަޝްރޫޢު މެނޭޖްކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އެފަދަ ޕްރޮޖެކްޓްތަކުގައި ހިމެނޭ ޙަރަކާތްތައް ހިންގުމަށް ކަމާއިގުޅޭ ސެކްޝަން / ޔުނިޓާއި ޙަވާލުކޮށް މަސައްކަތުގެ މަޤްޞަދު / ޓާގެޓް އަދި ބޭނުންވާ އެންމެހައި މަޢުލޫމާތު އެފަރާތާއި ޙިއްސާ ކުރުން
- ޕްރޮޖެކްޓްތައް ހިންގާ ސެކްޝަންތަކުން ޕްރޮޖެކްޓް ހިނގާ ނުހިނގާ ގޮތުގެ މަޢުލޫމާތު އެއްކޮށް މޮނިޓަރކޮށް ޑޯނަރ އެޖެންސީއަށް ފޮނުވުމަށް ރިޕޯޓް އެކުލަވައިލާ ރިޕޯޓްތައް ފޮނުވުން
- ޔުނިޓަށް އަންނަ ސިޓީ، ފެކްސް އަދި އީ މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބު ދޭންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި މަސައްކަތާއި ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން
- އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތުގެ ދާއިރާއިން އޮފީހުން ޙަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތް ކުރުން
މަޤާމުގެ ޝަރުތުތައް: 1. ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، ބިޒިޒނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނދުތަކުގެ އޮނިގަނޑުގެ ލެވެލް5 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ނުވަތަ
3. ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވީސްގެ ވަޒީފާއަށްއެދޭ ފޯމް (މި ފޯމް ސިވިލް ސަރވީސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިއިދާރާއިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެފޯނު ނަމްބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތައް)
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
- ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑަ އަޅާފައިވާ، ރާޢްޖޭއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން
- ކޮމްޕިއުޓަރގެ މަސައްކަތް ރަނގަޅަށް ދަންނަ މީހެއް ކަމުގައިވުން
- ޙާސިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކުރުން
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 މާރޗް 2019 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލް [email protected] އަދި ފެކްސް 6582702 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑަ އަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ. މި މަޤާމަށް މީހަކު ހޯދުމަށްކުރި މިއިދާރާގެ ނަމްބަރ: (IUL)304-EDS/304/2019/9 (20 ފެބުރުއަރީ 2019) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރީމެވެ.
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 18 މާރޗް 2019 އިން 24 މާރޗް 2019 އާއި ދެމެދު ރ. ދުވާފަރު ކައުންސިލްގެ އިދާރާގައެވެ.
ޝޯރޓް ލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6582701 އަށެވެ. ފެކްސް ކުރާނެ ނަމްބަރަކީ 6582702 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |
26 ޖުމާދަލްއާޚިރާ 1440
03 މާރޗް 2019