މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަދޫ ކޮމިއުނިޓީ ޕަވަރހައުސް ގެ ސައިލެންސަރ ހުޑް ރޭނުން

މިއިދާރާއިން ހިންގަމުން ގެންދާ ފުނަދޫ ކޮމިއުނިޓީ ޕަވާރ ހައުސްގައި މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސައިލެންސަރ ހުޑެއް ރާނާދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 މާރޗް 2019 ވާ ބުދަދުވަހުގެ 13:00 މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު،  12 މާރޗް  2019  ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާފަރާތުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ،އަގުހުށަހަޅާފަރާތުންބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

03 މާރިޗު 2019
ހޯދާ