މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތައް އޮފީސް އިމާރާތުގެ ތަކެތި ބަދަލުކުރުމުގެ މަސައްކަތާއި ބަދަލުވާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ ތެރޭގައި ތަން ސާފުކުރުމާއި، ކުރެހުމާއި އެއްގޮތަށް ބިތްގަނޑުތައް ޖެހުމާއި މުވައްޒަފުންގެ ސްޓޭޝަންތައް ތައްޔާރުކުރުމާއި، ކުލަލާ ރީތިކުރުން، ކަރަންޓުގެ މަސައްކަތް، ނެޓްވޯރކިން (ފޯން ލައިން، އިންޓަރނެޓް އަދި ކޭބަލް) މަސައްކަތް، މިހާރު މިއޮފީހުގައި ހުރި ތަކެތި ބަދަލުކޮށް ރޭވުން، ރިސެޕްޝަން އޭރިޔާ ތައްޔާރުކުރުމާއި، ބޯފެން ފިލްޓަރ ހަރުކުރުން އަދި އޮފީހައް އިތުރަށް ބޭނުންވާ ތަކެތި ހޯދުން ފަދަ މަސައްކަތް ހިމެނެއެވެ.

 

ވީމާ، މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާގޮތަށް މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން: 2019 މާރިޗު 06 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި، ފެންބިލްޑިންގ (އަމީނީމަގު) 2 ވަނަ ފަންގިފިލާގައި

އަންދާސީ ހިސާބު ބަލައިގަތުން: 2019 މާރިޗު 13 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް، ވެލާނާގެ (އަމީރުއަހުމަދު މަގު) 2 ވަނަ ފަންގިފިލާގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ ކަމުގައި ދަންނަވަމެވެ.

 

25 ޖުމާދަލްއާޙިރާ 1440 ހ.

02 މާރިޗު 2019 މ.

02 މާރިޗު 2019
ހޯދާ