މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
"މޯލްޑިވްސް ވިޒިޓަރ ސަރވޭ" ކޮށްދޭނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ވިޒިޓަރ ސާރވޭ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކުރެވިގެން މިމިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވިޒިޓަރ ސަރވޭ" ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިސާރވޭއަކީ، ފަތުރުވެރިން ރާއްޖެއާއި، ރާއްޖެއިން ލިބެންހުންނަ ޚިދުމަތްތަކާއި މެދު ދެކޭގޮތާއި، މިނޫންވެސް ފަތުރުވެރިންނާއި ގުޅުންހުރި މިފަދަމަޢުލޫމާތު ހޯދުމަށް، އަހަރަކު ތިންފަހަރު މަތިން، ތިން އަހަރުގެ މުއްދަތަކަށް ރޭވިގެން ކުރިއަށް ގެންދިއުމަށް ގަސްތުކުރެވިފައިވާ ސާރވޭއެކެވެ. މިސާރވޭގެ 'ޓީ.އޯ.އާރް' މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރިއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިސާރވޭ އާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 06 މާރޗް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިމިނިސްޓްރީގައި އޮންނާނެއެވެ.

 

23 ޖުމާދަލްއާޚިރް  1440

28 ފެބުރުވަރީ 2019
ހޯދާ