ދިވެހިރާއްޖެ
މި މަސައްކަތަށް ކުރެވުނު އިޢުލާން 60-އޭޑީއެމް/35/2019 އަށް ތިރީގައިވާ ރަށްތަކުން އެކަށިގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި ރަށްތަކުގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ކުރަންޖެހޭ މަސައްކަތް: އެސް.ޓީ.އޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑައަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުން
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މާރިޗް 04 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެރަށެއްގެ އެސްޓީއޯ ފާމަސީ އަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަންކަރުދާސް އެރަށެއްގެ އެސްޓީއޯ ފާމަސީއިން ދޫކުރެވޭނެއެވެ. އަދި، އެސްޓީއޯ ހެޑްއޮފީސް، އެސްޓީއޯ ސްޓޭޕަލް ފުޑްސް، އަދި އެސްޓީއޯ ވެބްސައިޓް އިން ވެސް ލިބެން ހުންނާނެއެވެ
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 މާރިޗް 07 ވަނަ ދުވަހު 1400 ގައި އެރަށެއްގެ އެސްޓީއޯ ފާމަސީގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ދިނުން: ބީލަންކަރުދާހާއި ބެހޭ މަޢުލޫމާތު ހޯދުމަށް، ނަންބަރު 7962788 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
ނޯޓު: ފުރުޞަތު ހުޅުވާލެވިފައިވާ ރަށްތަކުގެ ތާވަލު (ޝީޓު) މި އިލުލާނުގައި އެޓޭޗް ކުރެވިފައިވާނެއެވެ.