ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދޮރާއި ދޮރުފަތްތައް އެލްމިނިއަމަށް ބަދަލުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން

ހުވަދުއަތޮޅުދެކުނުބުރީގައްދޫ މެޖިސްޓްރޭޓްކޯޓް                          

ދިވެހިރާއްޖެ.                                                                       

 

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

         މިކޯޓުގެ އިމާރާތުގެ ބޭރަށްހުރި ދޮރާއި ދޮރުފަތްތައް އެލްމިނިއަމްއަށް ބަދަލުކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރ: Q4MC-A/2018/02 (28-10-2018) އިޢުލާނާއި ގުޅިގެން 03 ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކޯޓުގެ އިމާރާތުގެ ބޭރަށްހުރި ދޮރާއި ދޮރުފަތްތައް އަމިއްލަ ތަކެތީގައި އެލްމިނިއަމްއަށް ބަދަލުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މަޢުލޫމާތު ސާފްކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 
  • މަޢުލޫމާތު ސާފްކުރުމަށް ކޯޓަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި:

03 މާރިޗް 2019 ވާ އާދީއްތަ ދުވަހުގެ 11:15 އަށް

 

  • އެސްޓިމޭޓް ހުށަހެޅުމުގެ ސުންގަޑި:  07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00
  •    އެސްޓިމޭޓް ކެނޑުން:             އެސްޓިމޭޓް ކެނޑުން އޮންނާނީ އެސްޓިމޭޓް ހުށަހަޅާފަރާތްތަކުގެ ޙާޟިރުގައި 07 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ.ގައްދޫ މެޖިސްޓްރޭޓްކޯޓުގެ މީޓިންގް ރޫމުގައި.
  • ·  މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
  • ·  މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

   27 ފެބްރުވަރީ 2019    

27 ފެބުރުވަރީ 2019
ހޯދާ