ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

މަސައްކަތު

މަޤާމް:

-

މަޤާމުގެ ނަންބަރު:

02 (އެކެއް)

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ގިންތި:

އެސް. އެސް 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

އެޑްމިން ސެކްޝަން

ނޫރާނީ ސްކޫލް / ސ.ހިތަދޫ

މަޤާމުގެ ކްލެސިފިކޭޝަން:

ސެކްޝަން

މަޤާމު އޮތް އޮފީސް:

ނޫރާނީ ސްކޫލް / ސ.ހިތަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3100 ރުފިޔާ

މުސާރަ:

-/1000 ރުފިޔާ

ސަރވިސް އެލެވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

އިތުރު އިނާޔަތްތައް:

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސްކޫލް ގޯތިތެރެ ކުނިކެހުމާއި، ކުލާސްތައް ކުނިކައި ސާފުކޮށް ބިއްލޫރިތަށް ފޮހުން. ހޯލު ކުނިކައި ސާފުކުރުން. އަދި މޮޕްލާން ޖެހޭ ކްލާސްތަކުގައި މޮޕްލުން.

ކްލާސްތަކަށް ގެންދަންޖެހޭ ތަކެއްޗާއި ދަރިވަރުންނަށް ބަހަންޖެހޭ ސްލިޕްކޮޅުތައް ފަރުވާތެރިކަމާއެކު ރައްދުކޮށް ދިނުން.

ދަރިވަރުން ބޭނުންކުރާ ފާޚާނާތައް ދޮވެ ސާފުކުރުން.

އިމްތިޙާނުތަކާއި އެކިއެކި ޙަފްލާ / ޖަލްސާތަކަށް ހޯލު ތައްޔާރު ކުރުން.

ސްކޫލްގެ އެކިއެކި ރަސްމިޔާތުތަކަށް ސްކޫލް ތައްޔާރުކުރުމުގައި އެހީތެރިވުން.

ކްލާސްރޫމް އަދި އޮފީހުގެ އިމާރާތުގެ ފަންކާތައް ފޮޅާ ސާފުކުރުން.

އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތައް، ރައްދު ކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.

ސްކޫލަށް ހޯދަންޖެހޭ ތަކެއްޗާއި، ގަންނަ ތަކެތި ސްކޫލަށް ގެނައުން.

ސްކޫލުން ނެރޭ ދެންނެވުން/އިޢުލާން ފަދަ ތަކެތި އާންމު ތަންތަނުގައި ބެހެއްޓުން.

ސްކޫލްގެ ފަރާތުން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ހަވާލުކުރުން.

 

  • ލިޔަންކިޔަން  އެގުން. ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

 

މަޤާމުގެ ޝަރުޠުތައް:

  1.  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ނޫރާނީ ސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.)

  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

  4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  2.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  3.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 
 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރޗް 2019 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13.00 ގެ ކުރިން، ނޫރާނީ ސްކޫލްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މާރޗް 2019 އާއި 14 މާރޗް 2019 އާ ދެމެދު، ނޫރާނީ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު  10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10  ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:


މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885917 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

 

           22  ޖުމާދުލްއާޚިރު  1440

           27   ފެބުރުއަރީ   2019

27 ފެބުރުވަރީ 2019
ހޯދާ