މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ ކޮށި ނަންބަރު 403ގައި ހިމެނޭ ޕެޓްރޯލް ޝެޑުތައް ހުސްކުރުމާ ގުޅޭ

މާލޭގެ ކޮށި ނަންބަރު 403ގައި ހިމެނޭ ޕެޓްރޯލް ޝެޑުތައް ހުސްކުރުމަށް މި މިނިސްޓްރީއިން ބޭނުންވާތީ، އެތަނުގައި ޕެޓްރޯލް ޝެޑުތައް ހިންގުމަށް ނަންގަވާފައިވާ ފަރާތްތަކުން އެތަނުގައި އެއްވެސް ތަކެއްޗެއްވާނަމަ 07 (ހަތެއް) ދުވަހުގެ ތެރޭގައި ނަންގަވާ ހުސްކޮށްދެއްވުމަށް އެދެމެވެ. މި މުއްދަތުގެ ތެރޭގައި ތަން ހުސްނުކޮށްފިނަމަ މި މިނިސްޓްރީގެ ފަރާތުން ތަން ހުސްކުރާނެ ކަމަށާއި، އަދި މި މިނިސްޓްރީގެ ފަރާތުން ތަން ހުސްކުރުމުގެ ތެރޭގައި ތަނުގައި ހުންނަ ތަކެއްޗަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ވާހަކަ ދެންނެވީމެވެ. އަދި އެ ތަނުގައި ބަހައްޓާފައިވާ ތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ އާންމު އުޞޫލުގެ ދަށުން ނީލަން ކިޔައި ވިއްކާ ނައްތާލެވޭނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004234 ނުވަތަ 3004152 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2019
ހޯދާ