އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައުވީސް ގަޑިއިރު ވިޔަފާރި ހުއްދަ ދޫކުރުމާއި ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އިން ނުރުއްވާފައިވާ ނަމްބަރ 101-BR/CIR/2019/2 ސަރކިއުލަރ  ގައިވާ ގޮތުގެ މަތިން، އައްޑޫގެ މީހުން ދިރިއުޅޭ ރަށްރަށުގައި މި ޚިދުމަތް ދެއްވަން ބޭނުންވާ ފަރާތްތަކުން އެމިނިސްޓްރީން ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފީމެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން އަމަލުކުރަންވީގޮތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނެރުއްވާފައިވާ ނަމްބަރ 101-BR/CIR/2019/2 ސަރކިއުލަރ ގައި ބަޔާންކޮށްފައި ވެއެވެ. މި ސަރކިއުލަރ އަވަށު އޮފީސްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓްގައި ވެސް މިއިއުލާނާއެކު މި ސަރކިއުލަރ އެޓޭޗް ކުރެވިފައި ވާނެއެވެ. ވީމާ، 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން އަންގައި އިއުލާންކުރީމެވެ.

22 ޖުމާދަލްއާޚިރާ 1440

27 ފެބުރުވަރީ 2019
ހޯދާ