ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

                                                                            ނަންބަރު: GS-176/IUL-B/2019/04

 

ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

        މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، 2 ކޮޓަރި އާއި ސިޓިން ރޫމް އާއި ބަދިގެ (ކާގެ ހިމެނޭ ގޮތަށް)، ހުރިހާ ފަރުނީޗަރާއިއެކު ހުރި ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

  1. ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ފެބުރުއަރީ 26 އިން 2019 މާރިޗް 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މާރިޗް 04 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މާރިޗް 05 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 2019 މާރިޗް 12 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ސްކޫލް

ތ.ބުރުނި

ފޯން: 6780551

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

26 ފެބުރުއަރީ 2019

26 ފެބުރުވަރީ 2019
ހޯދާ