އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވޯޓުލާން ރަޖިސްޓަރީކުރުން

ނަންބަރު: A) EA-2019/97)   

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވޯޓުލާން ރަޖިސްޓަރީކުރުން

އިލެކްޝަންސް ކޮމިޝަންގެ ނަންބަރު A)EA/2019/84) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

6 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު 2 މާރިޗް 2019 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ރާއްޖެއިން ބޭރުން ތިރީގައި ބަޔާންކޮށްފައިވާ ޤައުމުތަކުގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

#

ޤައުމު

ފޯމު ބަލައި ގަންނަ ތަން

އީމެއިލް އެޑްރެސް

1

އިންޑިޔާ/ ޓްރިވެންޑްރަމް

ކޮންސިއުލޭޓް އޮފީސް

[email protected]

2

އިންޑިޔާ/ ނިއުދިއްލީ

ދިވެހިރާއްޖޭގެ އެމްބަސީ

[email protected]

3

ސްރީލަންކާ/ ކޮލޮމްބޯ

ދިވެހިރާއްޖޭގެ އެމްބަސީ

[email protected]

4

މެލޭޝިއާ/ ކުއަލަލަމްޕޫރް

ދިވެހިރާއްޖޭގެ އެމްބަސީ

[email protected]

4

އިނގިރޭސިވިލާތް/ ލަންޑަން

ދިވެހިރާއްޖޭގެ އެމްބަސީ

[email protected]

6

ސިންގަޕޫރު

ދިވެހިރާއްޖޭގެ އެމްބަސީ

[email protected]

7

ތައިލެންޑް

ދިވެހިރާއްޖޭގެ އެމްބަސީ

[email protected]

8

ބަންގްލަދޭޝް

ދިވެހިރާއްޖޭގެ އެމްބަސީ

[email protected]

މި ގޮތަށް ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހެޅޭނީ، ރާއްޖެއިން ބޭރުގެ ޤައުމެއްގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނެ އިންތިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖެހިފައި ނުވާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެކަންޏެވެ. 

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ ޤައުމުތަކުގެ އިތުރުން އެހެން ޤައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް [email protected] އަށް ވެސް ފޯމު ހުށަހެޅޭނެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ " ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. އަދި މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

20 ޖުމާދަލްއާޚިރު 1440

 

25 ފެބުރުވަރީ 2019
ހޯދާ