ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

ރޭންކު:

CSC5-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

ކޮމިޝަނަރސް ބިއުރޯ

މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ ކޮމިޝަނަރސް ބިއުރޯ ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން

މުސާރަ:

މަހަކު -/9890 ރުފިޔާ

ސަރވިސް އެލަވަންސް:

ދުވާލަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3461.5 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

ނުވަތަ،

އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. އިންޓަރނޭޝަނަލް ރިލޭޝަންސްގެ މަސައްކަތްތައް ތަރައްޤީކޮށް ބޭނުންވާ ސްޓްރެޓެޖީތަކާއި އުޞޫލުތައް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  3. ދިވެހި ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތާއި ޙިދުމަތް ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭން ބޭރުގެ މިފަދަ އެހެން ކޮމިޝަން/ އިދާރާތަކާ އެކު ގުޅުން ޤާއިމު ކުރުމާއިބެހޭ މަސައްކަތްތައް ކުރުން.
  4. ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާނެ އެކިއެކި ފުރުޞަތުތައް ހޯދާ ދިނުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން.
  5. ދިވެހި ސވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވާނެ ތަމްރީން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އެހީ އާއި ވަޞީލަތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  6. ދިވެހި ސވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ޑޯނަރ އެޖެންސީތަކުގެ އެހީ ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. ރާއްޖޭންބޭރާއި ގުޅިގެން ހިންގޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި ސިވިލް ސަރވިސް ކޮމިޝަނާއި އެފަދަ ފަރާތްތަކައިއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތްކުރުން.
  8. ރާއްޖެއާއި ރާއްޖޭންބޭރުގެ މުއައްސަސާތަކާއި ސިވިލް ސަރވިސް ކޮމިޝަންއާއެކު އެއްބަސްވާ އެމް.އޯ.ޔޫތައް ތައްޔާރުކުރުމާއިގުޅޭ މަސައްކަތްތައް ކުރުން. އަދި އެފަދަ އެމް.އޯ.ޔޫތަކުގައި ހިމެނޭ ކޮމިޝަނުގެ މަސައްކަތްތައް ވިލަރެސްކުރުން.
  9. ކޮމިޝަނަރސް ބިއުރޯ އަދި ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް ހިންގުމުގެ މަސައްކަތް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ރާވާ ހިންގުން.
  10.  ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  11.  ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ ކަންކަން ވިލަރެސްކޮށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުވަން ކަނޑައަޅާ މަޢުލޫމާތުތައް އެ ފަރާތްތަކަށް ޙިއްޞާކުރުން
  12. ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޕަބްލިކް ރިލޭޝަންސް، ކޮމިޝަނަރސް ބިއުރޯ ރާވާ ހިންގުމަށް ބޭނުންވާ އެންމެހާ އުޞޫލްތައް ކާމާގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން ކޮމިޝަނުގެ ރައީސްއާއި ސެކްރެޓަރީ ޖެނެރަލްގެ ލަފައާއި އިރުޝާދުގެ ދަށުން ތައްޔާރުކުރުން
  13.  އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ޔުނިޓުގެ ބަޖެޓް އަދި އެކްޝަން ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅާ އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން
  14.  ޔުނިޓުން ކުރިޔަށް ގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން
  15. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޔުނިޓުގެ މުވައްޒަވުންގެ ޕަރފޯމަންސް ޓާގެޓްސް ކަނޑައަޅައި މިޑް އިޔަރ އަދި އިޔަރ އެންޑް ރިވިއު ހަދައި، ޕަރފޯމަންސް އެޕްރެއިސަލް ތައްޔާރުކުރުމާއި ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.
  16. ކޮމިޝަނަރސް ބިއުރޯ ޔުނިޓަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ހިއުމަން ރިސޯސް ޔުނިޓާ ޙިއްޞާ ކުރުން
  17. ޔުނިޓުގެ އިސްވެރިޔާގެ ޙައިސިއްޔަތުން ބައިވެރިވާން ޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން
  18. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  19. ކޮމިޝަންގެ އިދާރާގެ  އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތްތަކާއި ގުޅިގެންޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  20. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

05 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 20)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 65)
    • އެޕްޓިޓުއުޑް ޓެސްޓް - (ކަނޑައެޅިފައިވާ އިން ސައްތަ: 10)
    • ޤާނޫނާއި ގަވާއިދު ޓެސްޓް - (ކަނޑައެޅިފައިވާ އިން ސައްތަ: 10)
    • ހިންގުމުގެ ހުނަރު ޓެސްޓް - (ކަނޑައެޅިފައިވާ އިން ސައްތަ: 10)
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - (ކަނޑައެޅިފައިވާ އިން ސައްތަ: 35)

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 މާރިޗު 06 ން 2019 މާރިޗު 20 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، 20040 /މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307306 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

 

20 ޖުމާދަލްއާޚިރަ 1440ހ                                   

25 ފެބުރުވަރީ 2019
ހޯދާ