މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޒަކާތު މަސައްކަތްކުރުމަށް ކޮންޓްރެކްޓް މީހުން ހޯދުން

އިޢުލާން

މަގާމް

ޢާމިލު (ޒަކާތު މަސައްކަތްކުރުމަށް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: 03 މަސް

ބޭނުންވާ އަދަދު

15 (ފަނަރަ)

މަޤާމުގެ ރޭންކު:

ޖީ.އެސް 3

ސެކްޝަން/ޔުނިޓު:

ޒަކާތު ޔުނިޓް

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ

މުސާރަ މަހަކު

މަހަކު -/7500ރ (ހަތްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ (ސަތޭކަ ރުފިޔާ)

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ، އަދި މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން   އަތޮޅުތެރޭގައި

މަގާމުގެ ޝަރުތު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ' ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 2. އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަންޖެހިއްޖެނަމަ، ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން.

 

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. 1440 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓް އެކުލަވައިލުމުގެ އެންމެހައި މަސައްކަތް ކުރުން.
  2. ފިޠުރު ޒަކާތް ބަލައިގަނެ، ބަލައިގަންނަ ފިޠުރު ޒަކާތުގެ ހިސާބުތައް ދިމާކޮށް ވަގުތުން އެކަން ނިންމައި އެފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި ފައިސާ ޙަވާލުކުރުން.
  3. ފިޠުރު ޒަކާތް ބެހުމާއި ބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. 1439 ވަނަ އަހަރުގެ މުދަލު ޒަކާތްބެހުމާއި ބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. މަތީގައި ބަޔާންކުރެވިދިޔަ މަސައްކަތްތަކުގެ އިތުރުން ފިޠުރުޒަކާތާއި މުދަލު ޒަކާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  3.  އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ޢާމިލެއްގެ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. ތާނަ ޓައިޕުކުރުމަށް ފަރިތަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ބިޒްނަސް  މެނޭޖްމަންޓް / އައިޓީ / އިސްލާމީ ސްޓަޑީޒް، މިދެންނެވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މާރިޗު 05 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 މާރިޗު 10 އާއި 21 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020218 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

25 ފެބުރުވަރީ 2019
ހޯދާ