މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                                                                                                     ނަންބަރު: IUL)MMPRC/1/2019/9)  

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި ކޯޕަރޭޝަންގެ 2018 ވަނަ އަހަރުގެ މާލީ ޙިސާބުތައް (ފައިނޭންޝަލް ސްޓޭޓްމެންޓް) އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީ.ޕީ.ޓީ) ބަޔާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MMPRC/1/2019/8) ޢިއުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

             ވީމާ،  މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މާރިޗު 03 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މާރިޗު 07 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

                          20 ޖުމާދަލްއާޙިރާ 1440 ހ. 

                          25 ފެބްރުއަރީ   2019 މ.

 

 

25 ފެބުރުވަރީ 2019
ހޯދާ