މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމިކް ސްޓޫޑިއޯ މެނޭޖަރ މަޤާމަށް މީހަކު ހޯދުން

 

އިޢުލާން

މަގާމް

ސްޓޫޑިއޯ މެނޭޖަރ

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: 02 އަހަރު

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ މަހަކު

މަހަކު -/9600ރ (ނުވަހާސް ހަސަތޭކަ ރުފިޔާ

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ (ސަތޭކަ ރުފިޔާ)

މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ: (ގަޑިއަކަށް -/40ރ (ސާޅިސް ރުފިޔާ)

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިސްލާމިކް ސްޓޫޑިއޯ / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަގާމުގެ ޝަރުތު

 1. މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ       ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް   ހާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ      ލިބިފައިވުން ނުވަތަ،

 2. މަޤާމާގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި   މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. މި މިނިސްޓްރީން ޤާއިމުކޮށްފައިވާ "އިސްލާމިކް ސްޓޫޑިއޯ" ގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ ލަފާދިނުމާއި އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  2. އިސްލާމިކް ސްޓޫޑިއޯގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ފަންނީ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް އިންތިޒާމްކުރުމާއި ކުރުވުން.
  3. މިނިސްޓްރީން ތައްޔާރު ކުރުމަށް ބޭނުންވާ ވީޑިއޯ ޕްރޮގްރާމްތަކާއި ފިލްމްތައް ތައްޔާރު ކުރުމަށް ބޭނުންވާ ކޮންސެޕްޓްތައް އެކުލަވާލައި އެ ކޮންސެޕްޓް ތަކަށް ވީޑިއޯ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ހޯދައި ޕްރޮގްރާމް ތައްޔާރުކުރުމާއި ކުރުވުން
  4. މިނިސްޓްރީގެ އިވެންޓް ތަކުގެ ވީޑިއޯ ތައްޔާރު ކުރުމާއި ކުރުވުން.
  5. ޕަބްލިޝްކުރަން ބޭނުންވާ ޕަބްލިކޭޝަންތައް ތައްޔާރުކޮށް، ގްރެފިކްސް ހަދައި، ގުޅަންޖެހޭ ފަރާތްތަކާ ގުޅައި ކަމާގުޅޭ އެންމެހާ ލިޔެކިއުންތައް ފުރިހަމަކުރުމާއި ކުރުވުން.
  6. އިސްލާމިކް ސްޓޫޑިއޯގައި ބޭނުންކުރާ އިކްއިޕްމަންޓްތައް މެއިންޓެއިންކޮށް ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  7. އިސްލާމިކް ސްޓޫޑިއޯއަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  8. އިސްލާމިކް ސްޓޫޑިއޯގެ މަސައްކަތްތަކުގެ ސްޓޭޓަސް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމާއި ކުރުވުން.
  9. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.        (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި    ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް    ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް         ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މާރިޗު 03 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 މާރިޗު 05 އާއި 14 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020218 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

25 ފެބުރުވަރީ 2019
ހޯދާ