ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރު ރަމަޟާންމަހު އިމާމުވެ ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމާއިބެހޭ

1440 ވަނަ އަހަރު ރަމަޟާންމަހު އިމާމުވެ ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމާއިބެހޭ.

            1440 ވަނައަހަރު ރަމަޟާންމަހު ހަނިމާދޫ ކައުންސިލުން ކަނޑައަޅާ މިސްތެއްގައި އިމާމުވެ ޙިފުޡުކޮށް ތަރާވީޙްނަމާދު ކުރާނޭ ޙާފިޒަކު ހޯދުމަށްވަނީ ބޭނުންވެފައެވެ.

           ވީމާ، އިމާމުވެ ޙިފުޡުކޮށް ތަރާވީޙްނަމާދު ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 މާރޗް 10 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް އަގުބަޔާންކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބާއިއެކު ޙާފިޒުގެ ޕާސްޕޯޓް ކޮޕީއާއި، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި، ޙާފިޒުގެ މަޒުހަބު އންގައިދޭ ލިޔުމާއި، ޙާފިޒުކަމުގެ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

25  ފެބުރުއަރީ  2019

25 ފެބުރުވަރީ 2019
ހޯދާ