ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭބީ އަދި ސެކަންޑް އޮފިސަރެއް ބޭނުންވެއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
އަސާސީމުސާރަ: ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ހަމަޖައްސައިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭތަން: މޓ. އަލިހުރަސް
# |
މަޤާމު |
ބޭނުންވާ އަދަދު |
މަޤާމްގެ މަސްއޫލިއްޔަތު |
01 |
އޭބީ |
1 (އެކެއް) |
|
02 |
ސެކަންޑް އޮފިސަރ |
1 (އެކެއް) |
|
އެހެނިހެން އިނާޔަތްތައް
- ފިކްސްޑް އޯވަރޓައިމް އެލަވަންސް
- ސަޕްލިމެންޓްރީ އެލަވަންސް
- ޓޭންކަރ އެލަވަންސް
- ޖީ.އެމް.ޑީ.އެސް.އެސް އެލަވަންސް
ފެންވަރު ނުވަތަ ޝަރުތު
- ސެޓުފިކެޓު އޮފް ކޮންޕީޓެންސީ ލިބިފައިވުން
- މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ގަވައިދާެއެއްގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން
އެހެނިހެން ހުނަރު / ތަޖުރިބާ
- މަދުވެގެން 3 އަހަރު ދުވަހު ޓޭންކަރއެއްގައި އުޅެފައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަގަޅު މީހެއް ކަމުގައިވުން
އެހެނިހެން ޑޮކިއުމެނޓްސް
- މުއްދަތު ހަމަނުވާ ޕާސްޕޯރޓް
- ސީ.ޑީ.ސީ
- މެޑިކަލް ފިޓްނަސް ސެޓްފިކެޓް
ސުންގަޑި
މި މަޤާމްތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 މާރޗް 04 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު:3344245 / އީމެއިލް އެޑްރެސް:[email protected]
24 ފެބުރުވަރީ 2019
ހޯދާ