ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އެނުއަލް ފުޓްސެލް ކަޕް 2019 އަށް ރެފްރީން ހޯދުމާއި ގުޅޭ

މަޑަވެލި ކައުންސިލް އެނުއަލް ފުޓްސެލް ކަޕް 2019 އަށް ރެފްރީން ހޯދުމާއި ގުޅޭ

 މަޑަވެލި ކައުންސިލް، މަޑަވެލި ކޮމިއުނިޓީ ސެންޓަރ އަދި މަޑަވެލި ރެކްރިއޭޝަން އެންޑް ސްޕޯޓްސް (އެމް.އާރު.އެސް) ޖަމިއްޔާ ގުޅިގެން މާރޗް 7 ފެށްޓުމަށް ހަމަޖެހިފައިވާ މަޑަވެލި ކައުންސިލް އެނުއަލް ފުޓްސެލް ކަޕް 2019ގައި ރެފްރީކަން ކޮށްދޭނެ 2 ރެފްރީން ހޯދަން ބޭނުންވެއްޖެއެވެ. ޝައުގުވެރިވާ ފަރާތްތަކުން 28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ރެފްރީކަމުގެ ލައިސަންސްގެ ކޮޕީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ޝާއުގުވެރިކަން ފާޅުކޮށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ ޓްރާސްޕޯރޓް (ކަނޑު/ވައި) ހަމަޖެހިގެން ދާނެއެވެ. އަދި މެޗް ބޯނަސްގެ ގޮތުގައި އޮފިޝަލްކަން ކުރާ ކޮންމެ މެޗަކަށް -/450ރ ހަމަޖެހިގެން ދާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9698877 ނަމްބަރާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 ފެބުރުވަރީ 2019
ހޯދާ