އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
16 ކިލޯ ވޯޓްގެ ސޯލާ ޕެނަލް ސިސްޓަމެއް ޤާއިމްކޮށް ކަރަންޓްގެ ޚިދުމަތް ދިނުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، 16 ކިލޯ ވޯޓްގެ ސޯލާ ޕަވަރ ސިސްޓަމެއް، އަމިއްލަ ތަކެތީގައި ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2019 މާރިޗް 03 ވާ އާދީއްތަ ދުވަހުގެ 13:00 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމާއި، ހުޅުވުމުގެ ބައްދަލުވުން އޮންނާނީ، 2019 މާރޗް 12 ވާ އަންގާރަ ދުވަހުގެ 13:00 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ އެވެ. ހަމަ އެހެންމެ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ، އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކުރައްވައި ސިޓީއަކާއެކު ބޭފުޅަކު ފޮނުއްވިދާނެ އެވެ. 

24 ފެބުރުވަރީ 2019
ހޯދާ