މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ އާޓިފިޝަލް ބީޗްގެ އިރުދެކުނުން 1600އަކަފޫޓުގެ ބިމެއް "ފުޑް ކޯނަރ" ހެދުމަށްޓަކައި 20އަހަރަށް ކުއްޔަށް ދޫކުރުން

ނަމްބަރު:IUL)297/INDIV/2019/12)

 

 

އިޢުލާން

ބިން ކުއްޔަށް ދޫކުރުމާބެހޭ

ނ.ވެލިދޫ އާޓިފިޝިއަލް ބީޗް މަރާމާތުކޮށް ބަލަހައްޓާ އިތުރަށް ތަރައްޤީކުރާގޮތަށް، އާޓިފިޝަލްބީޗްގެ އިރުދެކުނުން '1600 އަކަފޫޓުގެ ބިމެއް "ފުޑް ކޯނަރ" އެއް ހެދުމަށްޓަކައި 20 އަހަރުދުވަހަށް ކުއްޔަށް ދޫކުރުމަށް ވެލިދޫ ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ މިބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސްތަކާއި ގަޑިތަކުގައި މިއިދާރާއަށް ހާޒިރުވެ، މައުލޫމާތުސާފުކޮށް، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

2019 ފެބްރުއަރީ 21  ވާ ބުރާސްފަތި ދުވަހުގެ 12:00 ން ފެށިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދެވިފައިވާ ސުންގަޑީގެ ނިޔަލަށް (މައުލޫމާތު ކަރުދާސް ވެލިދޫ ކައުންސިލްއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ޕްރޮޕޯސަލް ހުށަހެޅުއްވުމާއި، ކެނޑުން

2019 މާރޗް 4  ވާ ހޯމަ ދުވަހުގެ 10:30 ގައި

 

v   ޕޮއިންޓް ދެވޭނެގޮތް

  • އަގަށް                           50ޕޮއިންޓް
  • ލޯކަލް ބީޗް އިތުރަށް ތަރައްގީކުރުން         30ޕޮއިންޓް
  • ޕާކު ބެލެހެއްޓުމުގެ ތަޖުރިބާ              20ޕޮއިންޓް

v   ބިން ތަރައްޤީ ކުރުމަށްޓަކައި މުއްދަތުގެ ތެރެއިން 1 އަހަރު ދުވަސް ހިލޭ ދެވޭނެއެވެ.

v   އެގްރީމެންޓްގެ މުއްދަތުގެ ފުރަތަމަ 10އަހަރު އަކަފޫޓަކަށް 50/- (ފަންސާސްލާރި) އަށްވުރެ ކުޑަނޫން ކުއްޔަކަށް އަދި އެއާ ޖެހިގެން ދެންހިނގާ 10އަހަރު މަހަކު އަކަފޫޓަކަށް 75/- (ހަތްދިހަ ފަސްލާރި) އަށްވުރެ ކުޑަނޫން ކުއްޔަކަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައެއްނުގަނެވޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

50%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ލޯކަލްބީޗް އިތުރަށް ތަރައްޤީކުރުން

30%

  • ލޯކަލް ބީޗް އިތުރަށް ތަރައްޤީކުރާނެ އެންމެ ރަނގަޅު ގޮތްތައް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ލޯކަލް ބީޗް ތަރައްޤީކުރުމަށް އެންމެ ރަނގަޅު ގޮތްތަކެއް ހުށަހަޅާފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ފަރާތްތަކެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ލޯކަލް ބީޗް ތަރައްޤީކުރުމަށް އެންމެ ރަނގަޅު ގޮތްތަކެއް ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

ޕާކު ބެލެހެއްޓުމުގެ ތަޖުރިބާ

20%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

16ޖުމާދަލްއާޚިރު 1440

21 ފެބްރުއަރީ 2019

21 ފެބުރުވަރީ 2019
ހޯދާ