ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ގދ. ތިނަދޫގެ ވަޒީފާތަަކަށް މީހުން ހޯދުމަށް ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަގާމް:

އެސިސްޓެންޓް ޑިރެކްޓަރ             

މަޤާމުގެ ނަންބަރު:

J-305194

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ   

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ / އެޑްމިނިސްޓްރޭޝަން (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/7,035ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000ރުފިޔާ

އެހެނިހެން އެލަވެންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެންޓަރުގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުމާއި، ސެންޓަރުގެ ސެކިއުރިޓީގެ ކަންތައްތަކާއި، މެއިންޓަނަންސްގެ ކަންތައްތަކާއި ސެންޓަރަށް ހޯދަންޖެހޭ ތަކެތި ހޯދާ ބެލެހެއްޓުން.
  2. ސުޕަވައިޒުކުރާ ސްޓާފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުން.
  3. އެޑްމިނިސްޓްރޭޝަން ޔުނިޓަށް އަންނަ ލިޔެކިއުންތައް ސަރުކާރުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.
  4. ކްލައިންޓުންގެ ކެއިން ބުއިމުގެ ކަންތައްތަކާއި، ލޮޖިސްޓިކް އެންމެހާ މަސައްކަތްތައް ކުރުވާ ބެލެހެއްޓުން.
  5. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް އެޑްމިނިސްޓްރޭޝަން ޔުނިޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އެކްޝަން ޕްލޭންއާއި އެއްގޮތްވާ ގޮތުގެ މަތިން ޔުނިޓްގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  6. އަހަރީ ބަޖެޓް ހަދާ ހެޑް އޮފީހަށް ފޮނުވުމުގެ މަސައްކަތް ރާވާ ހިންގުން.
  7. މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިނގަމުންދޭތޯ ބެލުން.
  8. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލް އަޤްވާމީ އަދި ޤައުމީފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  9. މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

10.މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ  ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

11.ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

   ނުވަތަ،

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމް :މެޑިކަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމް:

މެޑިކަލް އޮފިސަރ                  

މަޤާމުގެ ނަންބަރު:

J-305181

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CS12- 1

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ / މެޑިކަލް ސަރވިސް (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/15,090ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/8250ރުފިޔާ

އެހެނިހެން އެލަވެންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެން.ޑީ.އޭގެ ދަށުން ގދ. ތިނަދޫގައި ހިނގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
  2. ކްލައިންޓުންނަށް ދެވޭ ފަރުވާއާއި ގުޅޭގޮތުން ދޭންޖެހޭ ކައުންސެލިންގ ދިނުމުގެ މަސައްކަތްކުރުން.
  3. ކްލައިންޓުންނަށް ދެވޭ ފަރުވާ (ސިއްހީ ފަރުވާއާއި ނަރުހުންގެ ފަރުވާ) އަކީ އެންމެ އެކަށީގެންވާ މިންގަނޑެއްގައި ދެވޭ ފަރުވާތަކެއްތޯއާއި ފަރުވާގެ ނިޒާމު ރަނގަޅަށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
  4. ފަރުވާ ދެވޭ ކްލައިންޓުންގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ކްލައިންޓުންގެ ޑާޓާ ތައްޔާރުކޮށް ބެލެހެއްޓުން.
  5. ރިހެބިލިޓޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ކޯރޑިނޭޓްކުރުމުގެ މަސައްކަތްކުރުން.
  6. ޒުވާނުންނާއި މުޖުތަމަޢު، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކްލައިންޓުން، ސްކޫލް ޓީޗަރުން، ދަރިވަރުން، ސަރުކާރުގެ އޮފީސްތައް އަދި އެން.ޖީ.އޯސްތަކަށް  މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
  7. ޑްރަގް އެޑިއުކޭޝަން، ސުއިސައިޑް ޕްރިވެންޝަން، ސައިކޭޓްރިކް ފަރުވާއާއިބެހޭގޮތުން ކަމާގުޅޭ އިދާރާތަކަށް ވޯކް ޝޮޕް ހިންގުން.
  8. ޑްރަގް އެޑިއުކޭޝަން ސެމިނަރސްތަކާއި ކްލާސްތައް، ހެލްތު އެޑިއުކޭޝަންސ ސެޝަންތައް ކައުންސެލަރުންނާއި ކްލައިންޓުންނަށް ނަގާދިނުމުގެ އެންމެހައި މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓް: މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުންމެޑިކަލް އޮފިސަރގެ މަޤާމަށް މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަންވާނެއެވެ.

މަޤާމް :ރެޖިސްޓަރޑް ނަރސް
ބޭނުންވާ އަދަދު :2

މަޤާމް:

ރެޖިސްޓަރޑް ނަރސް               

މަޤާމުގެ ނަންބަރު:

J-305182, J-305183

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް.8-1

މަޤާމުގެ ކްލެސިފިކޭޝަން:

ނަރސިންގ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ / މެޑިކަލް ސަރވިސް (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/9060ރުފިޔާ

ސަރވިސް އެލަވަންސް

 އެހެނިހެން އެލަވެންސް

1.މަސައްކަތްކުރާ ދުވަހަކަށްޖެހޭ 188.00ރުފިޔާ (މަހަކު 5,640ރުފިޔާ)

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެން.ޑީ.އޭ އާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެންޓަރުތަކުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް ބޭނުންވާ ފަރުވާދިނުން.
  2. ކްލައިންޓުންގެ ސިއްހީ ހާލަތު ދެނަގަތުމުގެ ގޮތުން ހަދާ އެސެސްމަންޓް ހެދުމަށް އެހީތެރިވުން.
  3. އޮންކޯލް ޑިއުޓީގައި މަސައްކަތްކުރަންޖެހިއްޖެ ހާލަތެއްގައި އޮން ކޯލް ޑިއުޓީގައި މަސައްކަތްކުރުން.
  4. ކްލައިންޓުންނަށް ބޭސްދިނުމަށް ކަނޑައެޅިފައިވަ ގަޑިތަކަށް ބޭސްދިނުން.
  5. ބޭހުގެ އިންވެންޓްރީއާއި ރެކޯޑް ބެލެހެއްޓުން.
  6. ކްލައިންޓުންގެ ސިއްހީ ރެކޯޑް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން .
  8. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ނާސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނޯޓް: މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުންދިވެހިރާއްޖޭގެ ނަރުހުންގެ މަޖްލިސްގައި ރަޖިސްޓަރީ ވެފައިވާ ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސިންގ ލައިސަންސް (މުއްދަތު ހަމަނުވާ)ހުށަހަޅުއްވަންވާނެއެވެ.

މަޤާމް :ކައުންސެލަރ
ބޭނުންވާ އަދަދު :1

މަގާމް:

ކައުންސެލަރ                     

މަޤާމުގެ ނަންބަރު:

J-305195

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ / ކްލިނިކަލް ސަރވިސް (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/6295ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވެންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.01ގައިވާ ގޮތުގެ މަތީން)
  3. ކައުންސެލިންގ ނުވަތަ ސައިކޮލޮޖީގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސްގެ ގޮތުގައި 1969.80 ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ  އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރީޓްމެންޓް ސެންޓަރުތަކުން ފަރުވާނިންމުމަށްފަހު ކޮމިއުނިޓީއަށް ބަދަލުކުރެވޭ ކްލައިންޓުންނަށާއި ކޯޓް ތަކުން ކޮމިއުނިޓީއަށް ޙުކުމްކުރެވޭ ކްލައިންޓުންނަށާއި ބެލެނިވެރިންނަން ކޮމިއުނިޓީ ސަރވިސް ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތައް ރާވާ ހިންގުން.
  2. ފަރުވާގެ ޕްރޮގްރާމްގައި ކްލައިންޓުންނަށް ހިންގަން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ދުވަހުންދުވަހަށް ހިންގުން އަދި ހިނގާގޮތް ބަލާ ކްލިނިކަލް މަސައްކަތްތައް ސްޕަވައިޒްކުރުން
  3. ކައުންސެލިންގ ސެޝަންތަކާއި އިންޑިވިޖުއަލް ސެޝަންތައް ނެގުމާއި ރެކޯރޑްކުރުން
  4. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑްތައް ބެލެހެއްޓުން.
  5. ކްލައިންޓުންގެ ރިޕޯޓްތައް ނިންމާ ޓްރީޓްމެންޓް އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  6. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓްތައް ޤަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.
  7. ކޮމިއުނިޓީ ފަރުވާގެ ޙިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސެކްޝަނާއި ޙަވާލުވެ ހުންނެވި ފަރާތަކާއި މަޝްވަރާކޮށްގެން ޕްރޮގްރާމްތައް ރާވާ ހިންގުން.
  8. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލް އަޤްވާމީ އަދި ޤައުމީފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ޙަރަކާތްތަކުގައި އަމަލީ ގޮތުންބައިވެރިވުން.
  9. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.
  10. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނޯޓް: މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ ކައުންސެލިންގ ލައިސަންސް (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަންވާނެއެވެ.

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ    

މަޤާމުގެ ނަންބަރު:

J-305185

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ / އެޑްމިނިސްޓްރޭޝަން (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/5,610ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000ރުފިޔާ

އެހެނިހެން އެލަވެންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.3ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެންޓަރުން ފޮނުވަންޖެހޭ ސިޓީ، މެސެޖް،ނޯޓް، މެމޯ ފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ސެންޓަރަށް އަންނަ ލިޔުންތައް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައި އޮންނަ ގަޑީގައި ބަލައިގަނެ، ހަވާލުކުރުމާއި ފައިލްކޮށް ބެލެހެއްޓުން.
  2. މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އޮފީހުން އަންގަވާ ގޮތެއްގެ މަތިން އެންގުމާއި، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ޑާޓާ ބެލެހެއްޓުން.
  3. މުވައްޒަފުންގެ އިތުރުގަޑީގައާއި ރަސްމީ ގަޑީގައި ސޮއިކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  4. މުވައްޒަފުންގެ ޚާޟިރީ ބެލެހެއްޓުމާއި މުސާރަ ހެދުމަށްޓަކައި ހާޟިރީ ރިޕޯޓާއި މުސާރަ ޝީޓް ތައްޔާރުކޮށް ހެޑް އޮފީހަށް ފޮނުވުން.
  5. ދުވަހުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  6. ސެންޓަރަށް ބޭނުންވާތަކެތި ހޯދައި ދިނުމާއި ، ސްޓޮކް ބެލެހެއްޓުމާއި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.
  7. އެޑްމިން ސެކްޝަންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ކުރާ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި އެޕްރައިޒަލް ހެދުން.
  8. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.
  9. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމް :އެސިސްޓެންޓް ކައުންސެލަރ
ބޭނުންވާ އަދަދު :1

މަގާމް:

އެސިސްޓެންޓް ކައުންސެލަރ           

މަޤާމުގެ ނަންބަރު:

J-305194

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް.4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ /  ކްލިނިކަލް ސަރވިސް (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/5020ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500ރުފިޔާ

އެހެނިހެން އެލަވެންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.01ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރީޓްމެންޓް ސެންޓަރުތަކުން ފަރުވާނިންމުމަށްފަހު ކޮމިއުނިޓީއަށް ބަދަލުކުރެވޭ ކްލައިންޓުންނަށާއި ކޯޓް ތަކުން ކޮމިއުނިޓީއަށް ޙުކުމްކުރެވޭ ކްލައިންޓުންނަށާއި ބެލެނިވެރިންނަން ކޮމިއުނިޓީ ސަރވިސް ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތައް ރާވާ ހިންގުން.
  2. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑްތައް ބެލެހެއްޓުން.
  3. ކްލައިންޓުންގެ ރިޕޯޓްތައް ނިންމާ ޓްރީޓްމެންޓް އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  4. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓްތައް ޤަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.
  5. ކޮމިއުނިޓީ ފަރުވާގެ ޙިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސެކްޝަނާއި ޙަވާލުވެ ހުންނެވި ފަރާތަކާއި މަޝްވަރާކޮށްގެން ޕްރޮގްރާމްތައް ރާވާ ހިންގުން.
  6. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލް އަޤްވާމީ އަދި ޤައުމީފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ޙަރަކާތްތަކުގައި އަމަލީ ގޮތުންބައިވެރިވުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.
  8. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

1. ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ (ކައުންސެލިންގ ލައިސަންސް އޮތް) ފަރާތެއް ކަމުގައިވުން.

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ           

މަޤާމުގެ ނަންބަރު:

J-305186

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް.4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ / އެޑްމިނިސްޓްރޭޝަން (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/5020ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500ރުފިޔާ

އެހެނިހެން އެލަވެންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.03ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރީޓްމެންޓް ސެންޓަރުތަކުން ނިކުންނަ ކްލައިންޓުންނަށާއި ބެލެނިވެރިންނަށް ޑްރަގް ޓްރީޓްމެންޓް އެންޑް ރިހަބިލިޓޭޝަން ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  2. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓް ކުރުމާއި ރިކޯޑްތައް ބެލެހެއްޓުން.
  3. ކްލައިންޓުންނާއި ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުން.
  4. ފަރުވާއަށް އަންނަ ކޮމިއުނިޓީ ކްލައިންޓުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ހާޟިރީ ބެލެހެއްޓުން.
  5. ސެންޓަރުން ފޮނުވަންޖެހޭ ސިޓީ ، މެސެޖް، ނޯޓް، މެމޯ ފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ސެންޓަރަށް އަންނަ ލިޔުންތައް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައި އޮންނަ ގަޑީގައި ބަލައިގަނެ އެންޓްރީކޮށް އެންޓްރީ ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި ފައިލްކޮށް ބެލެހެއްޓުން.
  6. މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އޮފީހުން އަންގަވާ ގޮތެއްގެ މަތިން އެންގުމާއި، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ޑާޓަރ ބެލެހެއްޓުން.
  7. ސެންޓަރުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންގެ ޗުއްޓީގެ ކަންތައްތަށް ބަލަހައްޓާ، ޗުއްޓީގެ ކަންތައްތައް ޑިޕާރޓްމަންޓަށާއި މުވައްޒަފުންނަށް އެންގުން.
  8. މުވައްޒަފުން އިތުރުގަޑީގައާއި ރަސްމީ ގަޑީގައި ސޮއިކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  9. މުވައްޒަފުންގެ ޚާޟިރީ ބެލެހެއްޓުމާއި މުސާރަ ހެދުމަށްޓަކައި ހާޟިރީ ރިޕޯޓާއި މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް އެޗް.އާރް ސެކްޝަނަށް ފޮނުވުން.
  10. ސެންޓަރުގެ ދުވަހުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  11. ސެންޓަރަށް ބޭނުންވާތަކެތި ހޯދައި ދިނުމާއި ، ސްޓޮކް ބާކީކޮށް ބެލެހެއްޓުމާއި ސްޓޮކްއާއި ގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  12. ސެންޓަރު ހުޅުވާ ލެއްޕުމަށް ހަވާލުކުރާ ތާވަލްއާއި އެއްގޮތަށް ހުޅުވާ ލެއްޕުން.
  13. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.
  14. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަގާމް:

މަސައްކަތު                       

މަޤާމުގެ ނަންބަރު:

J-305187

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސެކްޝަން، ގދ. ތިނަދޫ / އެޑްމިނިސްޓްރޭޝަން (ގދ. ތ) ޔުނިޓް

މުސާރަ

މަހަކު -/3,100ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000ރުފިޔާ

އެހެނިހެން އެލަވެންސް

ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.01ގައިވާ ގޮތުގެ މަތީން)

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1،200 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ އެތެރެ ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާ ފާހާނާ ސާފުކޮށް ބެލެހެއްޓުން.
  2. ސެންޓަރުން ބަލަހައްޓަންޖެހޭ ތަންތަން ކުނިކަހާ ސާފުކުރުމަށް ހަމަޖެހިފައިވާ އުޞޫލުތަކުން އެތަންތަން ކުނިކަހާ ސާފުކުރުން.
  3. ސެންޓަރުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ބެހުން.
  4. ސެންޓަރަށް ހުށައެޅޭ ބައެއް މައްސަލަ ތަކުގައި ހާޟިރު ކުރަންޖެހޭ މީހުން ސެންޓަރަށް ހާޟިރު ކުރުވުމުގައި އެހީތެރިވެދީ އެފަރާތްތަކަށް ޗިޓް ޙަވާލުކުރުން.
  5. ސެންޓަރަށް ހޯދަންޖެހޭ ތަކެތީގެ އަގުބެލުމާއި އެތަކެތި އެތަންތަނުން ނަގައި ސެންޓަރަށް ގެނެސްދިނުން.
  6. ސެންޓަރުން ހިންގާ މުހިންމު ކަންކަމުގައި ކުރަންޖެހޭ ކަންކަން ކުރުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

8. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެނގުން.

ނޯޓް:ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މެޑިކަލް އޮފިސަރގެ މަޤާމަށް މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން (މުއްދަތު ހަމަނުވާ)
  6. ރެޖިސްޓަރޑް ނަރސް މަޤާމަށް ދިވެހިރާއްޖޭގެ ނަރުހުންގެ މަޖްލިސްގައި ރަޖިސްޓަރީ ވެފައިވާ ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސިންގ ލައިސަންސް (މުއްދަތު ހަމަނުވާ).
  7. ކައުންސެލަރ އެމް.އެސް.2 މަޤާމަށް ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ ކައުންސެލިންގ ލައިސަންސް (މުއްދަތު ހަމަނުވާ)
  8. އެސިސްޓެންޓް ކައުންސެލަރ (ޖީ.އެސް.4) މަޤާމަށް ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ ކައުންސެލިންގ ލައިސަންސް  (މުއްދަތު ހަމަނުވާ)
  9. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކޮށް ކޯސް ފުރިހަމަ ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއު ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

10.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

11. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ

12. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:           

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމު.

2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން.

3. މަގާމުގެ މަސައްކަތުގެ ދާއިރާއ ގުޅޭ ތަޖުރިބާ.

4. އިންޓަވިއުގެ މާކްސް.

5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 މާރިޗު 06 އާއި 2019 މާރިޗު 10 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

                              16 ޖުމާދުލްއާހިރު 1440

                              21  ފެބްރުވަރީ  2019

                     

 

 

                     

21 ފެބުރުވަރީ 2019
ހޯދާ