ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ އޮފިސަރ

މަގާމު

ޓްރެއިނިންގ އޮފިސަރ

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

މުސާރަ

މަހަކު 6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 3000 ރުފިޔާ

ރިސްކް އެލަވަންސް

50 ރުފިޔާ  (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް)

އެހެނިހެން

މަގާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

 

ތައުލީމީ ފެންވަރު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލް ކޮށްފައިވުން (ސޯޝަލް ސައިންގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ކައުންސިލިންގ، ކްރިމިނޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ޑިވެލޮޕްމަންޓް ސްޓަޑީސް، އިންޓަރނޭޝަން ރިލޭޝަންސް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ސޯޝަލް ޕޮލިސީގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ).   

މަސައްކަތުގެ ތަޖުރިބާ:

  1. މި މަސައްކަތާ ގުޅޭ ދާއިރާއިން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

01    ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތުގެ ދަށުން، އޮތޯރިޓީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ފަރުމާކޮށް، ރާވައި ހިންގުން. އަދި، މިގޮތުން ހިންގާ ޕްރޮގްރާމްތައް އިވެލުއޭޓްކޮށް ރިވިއުކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއެކު ކޮށް ރިޕޯޓުތައް އެކުލަވާލުން.

02    ގެވެށި އަނިޔާގެ މައްސަލަތަކުގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދެނެގަނެ، އެފަދަ ޕްރޮގްރާމްތަކުގައި ގެވެށި އަނިޔާއާގުޅޭ ބައިތައް ހިމެނުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.

03    ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެހެން މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، ތަފާތު ގްރޫޕްތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާއާ ގުޅޭ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ފަރުމާކޮށް،  ރާވައި ހިންގުން.

04    އޮތޯރިޓީން ބައިވެރިވާ އެކިއެކި މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާއާ ގުޅޭ ސެޝަންތައް ނަގައިދިނުމާ އަދި އެހެން މުއައްސަސާތަކުން ކުރިއަށްގެންދާ އެފަދަ ތަމްރީން އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި އޮތޯރިޓީ ތަމްސީލުކުރުން.

05    ގެވެށި އަނިޔާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކާއި، ދާއިރާއާ ގުޅުންހުރި ދިރާސާތަކުގެ ހޯދުންތަކާއި، އެހެން ޤައުމުތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސްތަކާއި ގުޅޭގޮތުން އޮތޯރިޓީގެ މުވައްޒަފުންނަށް ތަމްރީނުތައް ހިންގުން.

06    އޮތޯރިޓީން ތައްޔާރުކުރަންޖެހޭ ދިރާސާތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

07    އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިއްސާކޮށް، އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.

08  މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

1- 1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

 

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

3-  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

 

އިތުރު މަޢުލޫމާތު:

1-      މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-      މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.  

3-      މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށްބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

4-      މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓް އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

5-      އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 04 މާރޗް 2019 ވަނަދަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް:ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން:

http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

16  ޖުމާދަލްއާހިރު 1440

21 ފެބްރުއަރީ 2019

21 ފެބުރުވަރީ 2019
ހޯދާ