ދިވެހިރާއްޖެ
އިޢުލާން
ފުރަތަމަ ޑިގްރީގެ ޓިއުޝަން ފީ ރައީސުލްޖުމްހޫރިއްޔާ ހިލޭ ކޮށްދެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން
ތިރީގައި މިވާ ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 28 ފެބުރުވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ބެޗްލަރ އޮފް ޤުރްއާނިކް ސްޓަޑީޒް
- ބެޗްލަރ އޮފް އިމާމްޝިޕް އެންޑް ލޯކަލް ގަވަރނަންސް
- ބެޗްލަރ އޮފް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
- ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް
- ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް
- ބެޗްލަރ އޮފް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން
- ބެޗްލަރ އޮފް ޓީޗިންގ (ޕްރައިމަރީ)
- ބެޗްލަރ އޮފް ޓީޗިންގ އަރަބިކްލޭންގުއޭޖް
- ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން
- ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް
މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް މިއިއުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި ދެވިފައިވާ ވެބްސައިޓުގެ ލިންކުން (https://www.ium.edu.mv/first-degree-free_january-intake/) ފެންނަން ހުންނާނެއެވެ.
ނޯޓް: ހިލޭ ކިޔަވައިދޭ ޑިގްރީ ކޯސްތަކަށް އެދި ހުށަހަޅާ ދަރިވަރުންނަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުޞޫލުގައިވާ "ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ދަރިވަރުންގެ ޝަރުތުތައް" ފުރިހަމަވާ ދަރިވަރެއް ކަމުގައި ވާންޖެހޭނެއެވެ.
12 ޖުމާދަލްއާޚިރާ 1440
17 ފެބްރުއަރީ 2019