ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

                           އިޢުލާން                                                                                      

މަޤާމް :

އެސިސްޓެންޓް ޑިރެކްޓަރ .

މަޤާމުގެ ނަންބަރު:

J-301956

ބޭނުންވާ ޢަދަދު :

01 (18 އަހަރު ފުރި 55 އަހަރު ނުފުރޭ ބޭފުޅުން)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް :

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:   

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން :

މުނިސިޕަލް ސަރވިސް ޔުނިޓް

މަޤާމް އޮތް އޮފީސް :     

ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ވަޒީފާ އަދާ ކުރަންޖެހޭ ތަން :

ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ /ދ. ކުޑަހުވަދޫ

މަޤާމުގެމުސާރަ:              

7035.00 ރުފިޔާ

ސާރވިސް އެލަވަންސް:    

2000.00 ރުފިޔާ

ސަޕޯޓިންގކޯ އެލަވަންސް:    

900.00 ރުފިޔާ

އިތުރު ޢިނާޔަތް ތައް :    

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒް ފަދަ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އާބަން ސްޓަޑީޒްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒް ފަދަ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އާބަން ސްޓަޑީޒްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒް ފަދަ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ:

 

1-  މުނިސިޕަލްސާރވިސް ޔުނިޓުގެ އިސްވެރިއެއްގެ ޙައިޘިއްޔަތުން ކައުންސިލްގެ އިދާރާގެ މުނިސިޕަލް (ރަށްވެހި) މަސައްކަތްތައް އިންތިޒާމްކޮށް (އެންޓްރީން ރީ ރޫޓްކޮށް) މުނިސިޕަލް ސާރވިސް ޔުނިޓްގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ހިންގާ ބެލެހެއްޓުމާއެކު ސެކްޝަނުގެ ސުޕަރަވައިޒަރުގެ ރޯލު އަދާކުރުން.

2- ރަށު ތަރައްޤީގެ ޕްލޭން ތަންފީޒް ކުރުމަށްޓަކައި ޔުނިޓާއި ގުޅުންހުރި ކަންތައްތައް ހިންގާ ރަށު ތަރައްޤީގެ ޕްލޭން ތަންފީޒްކުރުމަށް ކުރަންޖެހޭ  އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

3- ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.

4- ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު ތަންފީޒް ކުރުން.

5- ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ޤަވައިދު ތަންފީޒް ކުރުން

6- މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދު ތަންފީޒް ކުރުން

7- ގޭގެއިން މަގުހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާއިދު ތަންފީޒް ކުރުން

8- ގޭގެ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ޤަވާޢިދު ތަންފީޒް ކުރުން   

9- ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާއިދު ތަންފީޒް ކުރުން

10- ރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދު ތަންފީޒްކުރުން

11- ތިމާވެށި ހިމާޔަތް ކުރުމަށް ހެދިފައިވާ  ޤަވާއިދު ހިންގާ ތަންފީޒް ކުރުން

12- އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތީން ރަށު ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް ރާވައިހިންގުން.

13- މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފްތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި މަގުމަތި ކުނިކެހުމާ ބެހޭ ޤަވާޢިދު ތަންފީޒް ކުރުން.

14- ޔުނިޓާއި ގުޅުންހުރި ޤަވާއިދުތަށް ތަންފީޛު ކުރުމަށް ހަދަންޖެހޭ އެންމެހައި އުސޫލުތަށް ހަދައި ހިންގުން

15- ކައުންސިލުގެ ބެލެމުގެ ދަށުގައިވާ ޕާކް،މައިޒާން ހޮޅުއަށިފަދަ ތަންތަނާއި ޤަބުރުސްތާނު ސާފުކޮށްބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.

16- ވަޒީފާ ބަޔާނުގައިވާ ޚާއްޞަ ވާޖިބުތަކުގެއިތުރުން، މުޅިތަނާއި، ޤައުމަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން

17- ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު ތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން.

18- ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް  :

މިޑްލް މެނޭޖްމަންޓް ސަރވިސް (އެމް.އެސް 3)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިފާ  ތަޢުލީމު

85

30

 

35

މަސއްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިސް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

 

12

 

5

 

 

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ލޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް   އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ

   ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ

   ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް

    މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން

   ވީއްލުމައި މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ޓްރާސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު

ސެޓުފިކެޓުތަކުގެ ކޮޕީ.

7-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ   އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mvވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މާރޗް 03 ވާ ބުދަދުވަހުގެ 14.00 ގެ ކުރިން، ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 މާރޗް 10

އާއި 2019 މާރޗް 14 އާ ދެމެދު، މަލްޓިޕާޕަސްގެ ބިލްޑިންގ  ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރިޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މި މަޤާމަށް އެދިފައިވާ މީހާއަށް، ވަޒީފާއަށް ވަނުމަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %55(ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6760522 / 6760667 ނަންބަރު ފޯނާއެވެ. އީމެއިލްކުރައްވާނީ  [email protected]އަށެވެ.

 

20 ފެބުރުވަރީ 2019
ހޯދާ