މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކުން ވެލި، އަކިރި އަދި ގައުނެގުން މަނާކުރުން

ޤާނޫން ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އަދި ލޯކަލް ގަވަރމަންޓް އެތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ޅ) ގެ ދަށުން ކައުންސިލުން ރަށުގެ ތިމާވެށި ހިމާޔަތްކުރަން 2019/R-306 ހެދިފައިވާ ޤަވާއިދަށް އަމަލުކުރުމަށް ރައްޔިތުންގެ ލަފާއާއި މަޝްވަރާ ހޯދުމަށްފަހު ޅައިމަގު ކައުންސިލްގެ 2019 ފެބްރުއަރީ 20 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 2019 ވަނަ އަހަރުގެ 6 ވަނަ އާންމު ބައްދަލުވުމުން އިއްތިފާޤުންވަނީ ފާސްކޮށްފައެވެ.

ވީމާ،އެ ޤަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ވެއްޔާއި، އަކިރި އަދި ގައު އެއްވެސް ބޭނުމަކަށް މިރަށުގެ އެއްވެސް ސަރަހައްދަކުން ނެގުމަކީ މަނާ ކަމެއްކަމުގައި އަންގަމަވެ. އަދި މިއަދުން ފެށިގެން ވެއްޔާއި އަކިރި ނަގާ ގެނައުން ހުއްޓާލުމަށް އަންގަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

20 ފެބުރުވަރީ 2019
ހޯދާ